ޚަބަރު

ވަނި އިމާރާތުގެ ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތު މިއަދަށް ހަމަވެއްޖެ

ކުޅުދުއްފުށީ ކައުންސިލްގެ އިމާރާތެއްކަމަށްވާ ” ވަނި” ޢިމާރާތް ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތު 28 މާރޗް 2019 އަށް ހަމަވިއިރު ޖުމުލަ 23 ފަރާތަކުން ވަނީ ބީލަމުގައި ރަޖިސްޓްރީކޮށްފައެވެ. މިފަރާތްތަކަށް ބީލަމާއިބެހޭގޮތުން މަޢުލޫމާތު ދިނުމަށް އޮންނަ ބައްދަލުވުން ވޭއްވުމަށް ހަމަޖެހިފައިވަނީ 01 އޭޕްރީލް 2019 ( އާދީއްތަ ) ދުވަހުގެ 13:00 ގައި ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ކުޅުދުއްފުށީ ކައުންސިލްގެ އިމާރާތެއްކަމަށްވާ ” ވަނި” ޢިމާރާތް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އިޢުލާން ކުރެވިފައިވަނީ 10 މާރޗް 2019 ގައެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 07 އޭޕްރީލް 2019 ވާ ( އާދީއްތަ ) ދުވަހުގެ 13:00 ގައި ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

Leave a Reply