ޚަބަރު

ވަނި އިމާރާތް ކުއްޔަށް ހިފުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކުޅުދުއްފުށީ ކައުންސިލްގެ އިމާރާތެއްކަމަށްވާ ” ވަނި” ޢިމާރާތް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާތީ މި އިމާރާތް ކުއްޔަށް ހިފުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 17 މާރިޗު 2019 އިން ފެށިގެން 28 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ނަންނޯޓް ކުރައްވާ ރަޖިސްޓަރީ ކުރެއްވުމަށް ދަންނަވާފައިވެއެވެ. އަދި މި ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމުގެ ފީ އަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ.

މި ބީލަމާބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 01 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ބީލަން ހުޅުވުން އޮންނާނީ 07 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

އެންމެ ފަހުން މިއިމާރާތުގައި ވިޔަފާރި ކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ވަގުތު، ޖައުފަރު ޢަލީއެވެ.

Leave a Reply