ޚަބަރު

” އުސްގެ ” އިމާރާތް ފަރުމާކޮށް ބީ.އޯ.ކިޔު ތައްޔާރުކުރުން ވޭވްލެންތު ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރައްވައިފި

” އުސްގެ ” އިމާރާތް ފަރުމާކޮށް ބީ.އޯ.ކިޔު ތައްޔާރުކުރުން ވޭވްލެންތު ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރައްވައިފިއެވެ. މިއަދު ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ހޯލްގައި ކުރިޔަށް ދިޔަ މިސޮއިކުރުމުގެ ރަސްމިއްޔާތުގައި ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް ޔޫނުސް އިބްރާހީމްއެވެ. އަދި ކުޅުދުއްފުށީ ކައުންސިލްއިން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަންއެވެ.

5 ބުރީގެ އިމާރާތެއް އެޅުމަށާއި އެއިމާރާތުގެ ބީ.އޯ.ކިޔު ތައްޔާރުކުރުމަށް އިޢުލާން ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ކައުންސިލްގެ 5 މެމްބަރުންގެ ވޯޓުން ފާސްކުރެވިފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ ތިންވަނަ ދައުރުގެ 69 ވަނަ ޢާންމު ބައްދަލުވުމުގައި 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަގުގެ 17 ވަނަ ދުވަހުއެވެ.

އެކަމަޑޭޝަން ބުލޮކް، ޕަބްލިކް ލައިބުރަރީ، ސޮޕިންގ ކޮންޕްލެކްސް އަދި މަލްޓި ޕާރޕޮސް ހޯލަކާ އެކު ޑިޒައިން ކުރެވޭ މި 5 ބުރީގެ އިމާރާތަކީ ކައުންސިލްގެ އުންމީދީ ބޮޑު ޕްރޮޖެކްޓެކެވެ.

Leave a Reply