ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާހް ކުރައްވައިފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަންއެވެ. ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި މިއަދު ކުރިޔަށް ދިޔަ މިރަސްމިއްޔާތު ޤުރުއާނުގެ ބަރަކާތުން ފައްޓަވައިދެއްވީ އަލްފާޟިލާ ސާމިޔާ ޢަލީއެވެ.

އެތައް ޒަމާންތަކެއް ވަންދެން ހުއްޓިފައި އޮތް ކައުންސިލް އިދާރާގެ ވެބްސައިޓް މިއަދު އަލުން ފަށައިގެން ކުރިޔަށް ދިޔަކަމީ ކައުންސިލްގެ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ބާރެއް ކަމަށާއި ރަށުން ބޭރުގައި އުޅުއްވާ ކުޅުދުއްފުށީ ކައުންސިލްގެ ޙިދުމަތް ބޭނުންވާ ފަރާތްތަކަށް ޙިދުމަތް ހޯދުމަށް ފައްސޭހަތަކެއް ވެގެން ދާނެ ކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިވެބްސައިޓްގެ އެހީގައި ކައުންސިލްއިން ދޫކުރާ އެކިއެކި މުހިއްމު ފޯމްތަކާއި ކައުންސިލްއިން ފޯރުކޮށްދެމުންގެންދާ އެކިއެކި ޙިދުމަތްތަކުގެ ފުރިހަމަ މަޢުލޫމާތު އެގިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކައުންސިލް އިދާރާގެ ކުރީގެ ވެބްސައިޓެއް އިންކަމަށާއި އެކިއެކި ސަބަބުތަކާއި ހުރެ އެވެބްސައިޓް ހުއްޓިފައި ވީނަމަވެސް މިފަހަރު މިއިފްތިތާހްކުރެވޭ ވެބްސައިޓް ކުރިއަށް ގެންދިއުމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި މިކަމަކީ ކައުންސިލްއަށް އިތުރު ނަފާއެއްވެސް ލިބިގެންދާނެ ކަމެއް ކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލް މެމްބަރުން، އަޕީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ނާޞިޙާ އިދުރީސްއަށް، އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަން، އަދި ކައުންސިލްގެ ސްޓާފުން ބައިވެރިވެލެއްވިއެވެ.

ކައުންސިލް އިދާރާގެ ވެބް ސައިޓް ބައްލަވައި ލެއްވުމަށް: www.kulhudhuffushi.gov.mv އަށް ޒިޔާރަތް ކުރައްވާ.

One thought on “ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާހް ކުރައްވައިފި

Leave a Reply

Your email address will not be published. Required fields are marked *