ޚަބަރު

ވަނި އިމާރާތުގެ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވައިފި

ވަނި އިމާރާތުގެ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވައި ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދިނުމަށްޓަކައި ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. ޖުމުލަ 15 ފަރާތަކުން ބައިވެރިވި މިބައްދަލުވުން ބޭއްވިފައިވަނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ބައިވެރިންގެ ސުވާލުތައް ނޯޓްކުރެވި އެސުވާލުތަކައިގެން ކައުންސިލްގައި މަޝްވަރާކުރެވި ޖަވާބު ލިޔުމުން ހުރިހާފަރާތްތަކަށް ރައްދުކޮށްދޭނެކަމަށް ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އިސްމާޢީލް އިބްރާހީމް ވިދާޅުވިއެވެ.

ވަނި އިމާރާތުގެ ބީލަން ހުޅުވުން އޮންނާނީ 07 އޭޕްރީލް 2019 ވާ ( އާދީއްތަ ) ދުވަހުގެ 13:00 ގައި ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

Leave a Reply