ޚަބަރު

މަރްޙަބާ ޔާސިރު އަބްދުލްލަތީފް އަދި ޖަމްޝީދު މުޙައްމަދު

06 އޭޕްރިލް 2019 ގައި ބޭއްވުނު ރައްޔިތުންގެ މަޖްލިސް އިންތިޚާބް 2019 ގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޔާސިރު އަބްދުލްލަތީފެވެ. އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޖަމްޝީދު މުޙައްމަދުއެވެ.

އެހެންމަކަމުން ގޮނޑި ކާމިޔާބުކުރެއްވި 2 މެމްބަރުންނަށްވެސް ކުޅުދުއްފުށީ ކައުންސިލްގެ ނަމުގައްޔާއި ކުޅުދުއްފުށީ އެންމެހައި ލޮބިވެތި ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރްޙަބާއެއް ދަންނަވަމެވެ.

ޔާސިރު އަބްދުލްލަތީފްއަށް ލިބިފައިވަނީ ޖުމުލަ 1369 ވޯޓެވެ. އަދި ޖަމްޝީދު މުޙައްމަދުއަށް ލިބިފައިވަނީ 930 ވޯޓެވެ.

އަޅުގަނޑުމެންގެ އިޚްލާސްތެރި ދުޢާ އަކީ ރަށާއި ޤައުމަށް ވަފާތެރި ޚާދިމުންތަކެއްގެ ގޮތުގައި ތިބެ، ރައްޔިތުންގެ ލާބައާއި މަންފާއަށް އަގުހުރި ޚިދުމަތްތަކެއް ކުރުމުގެ ހެޔޮވިސްނުން މިންވަރުކުރެއްވުމެވެ. ކީރިތިﷲ އަޅަމެންގެ މަސައްކަތުގައި ބަރަކާތް ލައްވައި، ކާމިޔާބީ އިތުރު ކުރައްވާށިއެވެ. آمــــــــــين

Leave a Reply