ޚަބަރު

ދުނިޔޭގެ ކުޅި، ފާ، އަދި ޗަސްބިން ފަދަ ތަންތަން ހިމާޔާތްކުރުމުގެ ދިރާސާއެއްގައި ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ޓީމް ކުޅުދުއްފުށީ ކައުންސިލްއާއި ބައްދަލުކުރައްވައިފި

ކުޅުދުއްފުށީ ކުޅީގެ ދިރާސާއެއް ހެދުމަށް ބޭރުގެ ތަޖުރިބާކާރު ޓީމެއް ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ 11 އޭޕްރިލް 2019 ގައެވެ. މި ޓީމުގައި އެންވަރަމެންޓް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު ޑޮކްޓަރ ޢަބުދުﷲ ނަޝީރުއާއި ކެނެޑާ، އެމެރިކާ، ތައިލެންޑް ފަދަ ގައުމުތަކުގެ ސައިންސްވެރިން  ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި މިއަދު ކުރިއަށް ދިޔަ މިބައްދަލުވުމުގައި ހދ. ކުޅުދުއްފުށީގެ ކުޅި މިހާރު އޮތް ހާލަތާއި ކުޅި ހިމާޔަތް ކުރުމަށް ކުރެވެން އޮތް ކަންކަމަކީ ކޮބައިކަން ކުރެވިފައިވާ ދިރާސާގެ އަލީގައި އޮޅުން ފިލުވައިދެއްވިއެވެ. ކުޅުދުއްފުށީ ކުޅިއަކީ ޤުދުރަތީގޮތުން ކުޅުދުއްފުއްޓަށް ލިބިފައިވާ ވަރަށް އަގުބޮޑު ރައުސުލްމާލެއް ކަމަށާއި މިހާރު އޮތް ކުޅީގެ ބައިތައް ހިމާޔަތް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭޝިޔަން ކޯޑިނޭޓަރ ޖިމް ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީކުޅީގެ ބާކީ އޮތް ބަޔަށް ހަދާނެ ގޮތެއް ނިންމާނީ ކުޅުދުއްފުށީގައި ދިރިއުޅޭ ރަށްޔިތުންނާއި ކުޅުދުއްފުށީ ކައުންސިލްއިން ކަމަށާއި މިދަތުރުގައި ޓީމެއް އެކުލަވާލައިގެން ދަތުރުކުރުމުގެ އެއްބޭނުމަކީ އެތަނުގެ ދިރާސާއެއްކޮށް އެތަނަށް ހުރި އޮޕްޝަންތަކަކީ ކޮބައިތޯ ބެލުންކަމަށް ސްޓޭޓް މިނިސްޓަރު ޑޮކްޓަރ ޢަބުދުﷲ ނަޝީރު ވިދާޅުވިއެވެ. އެގޮތުން ކުޅި ދިރާޝާކޮށް ރިޕޯޓެއް އެކުލަވާލާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީ ކުޅި ހިމާޔަތްވެ ކުޅުދުއްފުށީ ކުޅިއަކީ ބޭނުންތެރި ތަނެއްގެ ގޮތުގައި އޮތުން އެއީ ކުޅުދުއްފުށީ ހުރިހާ ރައްޔިތުންވެސް ބޭނުންވާކަމައްކަމަށާއި ކުޅި މިހާރު އޮތް ވަރަށްވެސް އެތަން ހިމާޔަތް ނުކުރެވި އޮތުމަކީވެސް އެތަނަށް އެތައްގޮތަކުން ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ތަނެއް ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ. ކުޅީގައި އުޅޭ މަސްތައް ކުޅީގެ ފެންގަނޑު ތިލަވުމުގެ ސަބަބުން މަރުވަމުން އަންނަކަމަށާއި އޭގެ ސަބަބުން އެތަނުގައި މަދިރި ފަނި އާލާވެ އެކަމުގެ އުދަނގޫ ރައްޔިތުންނަށާއި އެސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރާނެ ކަމަށާއި ކުޅި ހިކުނަނުދީ އެތަން ފުންކުރެވި ލޮނު ދައުރުވާގޮތަކަށް ކުޅީގެ ފެންގަނޑު މޫދާ ގުޅާލެވިއްޖެ ކަމުގައިވަނީނަމަ ވަރަށް ބޮޑުތަން ރަނގަޅުވާނެ ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީ ކުނިކޮށްޓަށް ގެންނަށް ހަމަޖެހިފައިވާ އިންސަނަރޭޓަރު ކުޅުދުއްފުއްޓަށް ގެނައުމަށްޓަކައި މިހާރު ގޮސްފައިވާ ހިސާބެއް ވަރަށް އަވަހަށް ބައްލަވައި އެކަމުގެ މަޢުލޫމާތު ހިއްސާކުރާނެ ކަމަށް މިބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ޑޮކްޓަރ ޢަބުދުﷲ ނަޝީރު ވިދާޅުވިއެވެ. އަދި އުންމީދުކުރަނީ ވީއެންމެ އަވަހަކަށް ކުޅުދުއްފުށީގެ ބާކީއޮތް ކުޅި ކުޅުދުއްފުއްޓަށް އިޤުތިޘާދީގޮތުން މަންފާތަކެއް ލިބިގެންދާގޮތަކަށް އެތަން ހިމާޔަތްކުރެވި ކުޅީގެ މަންފާ ރަށުގެ ރައްޔިތުންނަށާއި އެތަން ބައްލަވާލައްވަން އަންނަ ކޮންމެ ފަރާތަކަށްވެސް ކުރުން ކަމަށް ސްޓޭޓް މިނިސްޓަރު ޑޮކްޓަރ ޢަބުދުﷲ ނަޝީރު ވިދާޅުވިއެވެ.

މިޓީމް ދިރާސާ ނިންމާލައި ފުރުމަށް ހަމަޖެހިފައިވަނީ 14 އޭޕްރީލް 2019 ގައެވެ.

Leave a Reply