ޤާރީކޯސް ލެވެލް 1 އަދި 2 ކާމިޔާބުކަމާއެކު ނިންމާފައިވާ ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްފި

ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން ކުޅުދުއްފުށީގައި ހިންގި ޤާރީކޯސް ލެވެލް 1 އަދި 2 ނިންމާފައިވާ ފަރާތްތަކަށް ސެޓްފިކެޓް ޚަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކުރިޔަށް ދިޔަ މި ރަސްމިއްޔާތުގެ ސަރަފްވެރި މެހެމާނަކީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަންނެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ރަސްމިއްޔާތު ފައްޓަވައިދެއްވީ ކޯސް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވާ ސަނާ އިސްމާއިލް، ބަބުކެޔޮގަސްދޮށުގެ، ހދ. ކުޅުދުއްފުށި. މިރަސްމިއްޔާތުގައި ޖުމުލަ 34 ދަރިވަރުން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ.

ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ކީރިތި ޤުރުއާން ކިޔެވުމަކީ އެއްވެސް މުސްލިމަކަށް ނުކޮށް ދޫކޮށްލެވޭނެ ކަމެއް ނޫންކަމަށާއި ޤުރުއާން އުގެނުމަށް ވަކި އުމުރެއް ނޯންނާނެ ކަމަށާއި މަންމައިންނާއި ބައްޕައިން ޤުރުއާން ތަޖުވީދުގެ ހަމަތަކުގެ މަތިން ކިޔަވަން އެގުމަކީ ދަރިންނަށްވެސް އޭގެ މަންފާ ލިބިގެން ދާނެ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

ޤާރީ ކޯސް ލެވެލް 1 އަދި 2 ފުރިހަމަކުރުމަކީ މިކަމުގެ ފެށުން ކަމަށާއި އެހާ ހިސާބުން މަޑުޖެހުމެއް ނެތި އިތުރު ކޯސްތަކުގައި ބައިވެރިވެ ކުރިޔަށް ގެންދިއުމަކީ ކޮންމެ ބައިވެރިއެއްވެސް ކުރަންޖެހޭނެ ކަމެއް ކަމަށާއި ހިންގާ ކޯސްތަކުގެ މަޢުލޫމާތު އެހެން ފަރާތްތަކަށްވެސް ހިއްސާކުރުމަކީ ތިޔަ ފަރަތްތަކުގެވެސް ޒިންމާއެއްކަމުގައި ހައްދަވައި އެމަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *