ކުޅުދުއްފުށީގައިވެސް މާދަމާ އިސްތިސްޤާ ނަމާދު ކުރަނީ
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެއްގައި މާދަމާ 15 އެޕްރީލް 2019 ދުވަހު މެންދުރު ނަމާދަށްފަހު އިސްތިސްޤާ ނަމާދު ކުރައްވާ ގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އަންގަވާފައެވެ.
އިސްތިސްޤާ ނަމާދަކީ ވާރޭނުވެހިގެން ނުވަތަ ހަނަފަސްކަން ވެރިވުމުން ކުރާ ނަމާދެކެވެ. އިސްތިސްޤާ ނަމާދު ކުރުމުގެ ޙުކުމަކީ ޢިލްމުވެރިންގެ އިއްތިފާޤުން ގަަދަވެގެންވާ ސުންނަތެކެވެ. ކުޅުދުއްފުށީގައި އިސްތިސްޤާ ނަމާދު ކުރުމަށް ޖަމަޖެހިފައިވަނީ މާދަމާ މެނދުރު ނަމާދަށްފަހު މަސްޖިދުލް ޙަޟާރަތުގައެވެ. އިސްތިސްޤާ ނަމާދު އިމާމްވެ ކުރައްވާނީ އިމާމް އަލްފާޟިލް ޙުސައިން އަޙްމަދުއެވެ. އެހެންކަމުން މިނަމާދުގައި އެންމެހާ ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުމަށް ދަންނަވަމަވެ.
އިސްތިސްޤާ ނަމާދަކީ ކޮބައިކަމާއި ނަމާދު ކުރާނެ ގޮތް