ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުޝަތު ހުޅުވާލައިފި

ކުޅުދުއްފުށީ ލޯކަލްމާރުކޭޓް ގޮޅިތައް ކުއްޔަށް ހިފަންއެދޭ ފަރާތްތަކަށް އެފުރުޝަތު ހުޅުވާލާފައިވަނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ނަންބަރު: (IUL)266/266/2019/24 އިޢުލާނުންނެވެ. ލޯކަލްމާރުކޭޓް ގޮޅިތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފޯމް ހުށަހެޅުއްވުމަށާއި  އެކަމަށް ޙާއްސަކުރެވިފައިވާ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި އަދި ކައުންސިލް އިދާރާގެ ވެބް ސައިޓުން ލިބެން ހުންނާނެއެވެ.

ލޯކަލް މާރުކޭޓުގައި ޖުމުލަ 32 ގޮޅި ހިމެނިފައިވާއިރު ބަންދުކުރެވޭ 2 ގޮޅި ( މަހަކު -/1200 )، 67 އަކަފޫޓުގެ 26 ގޮޅި ( މަހަކު -/1000 ) އަދި 57 އަކަފޫޓްގެ 4 ގޮޅި ( މަހަކު -/800 ) ހިމެނެއެވެ. 1 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މިގޮޅިތަކަށް ކުރިމަތިލާއިރު ކުއްޔަށް ހިފާފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޚާއްސަ ޝަރުތުތަކެއް ވެއެވެ. ޝަރުތު ތަކުގެ ތެރޭގައި ގަވައިދާ ޚިލާފްވެގެން ކުޅުދުއްފުށި ކައުންސިލް އިދާރާއިން ކުރެވިފައިވާ ޖުރުމަނާއެއް ނުދައްކާވާ ފަރާތެއްކަމުގައި ނުވުން، ކޯޓުއަމުރެއްގެ ދަށުން ކައުންސިލް އިދާރާއަށް ދައްކަންޖެހޭ ފައިސާއެއް އޮތް މީހަކުކަމުގައި ނުވުން، ކޯޓު އަމުރެއްގެ ދަށުން ކައުންސިލް އިދާރާއަށް ދައްކަންޖެހޭ ފައިސާއެއް ދެއްކިތާ އެއްއަހަރު ދުވަސްވެފައިވާ މީހަކުކަމުގައި ވުން އަދި ޖިނާއީ ޙުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމުގައި ނުވުން އަދި އެފަދަ ހުކުމެއް ތަންފީޒުކުރިތާ 01 އަހަރު ވެފައިވާ މީހަކުކަމުގައި ވުން ލާޒިމް ކުރެއެވެ.

ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށްދޫކުރެވޭ ދުވަހުން ފެށިގެން ހޮނިހިރު ބާޒާރު ސަރަޙައްދުގައި ތަކެތި ވިއްކުމަކީ މަނާކަމެކެވެ. މިމާރުކޭޓް ރަސްމީކޮށް ހުޅުވައިދެއްވީ 20 މާރޗް 2019 ގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ.

Leave a Reply

Your email address will not be published. Required fields are marked *