ޚަބަރު

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ހޯލް މަރާމާތުކޮށް، ގަރާޖަކާއި މީޓިންގ ރޫމެއް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަނީ.

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ހޯލް މަރާމާތުކޮށް، ގަރާޖަކާއި މީޓިންގ ރޫމެއް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް ކައުންސިލްގެ ނަންބަރު: (IUL)266/266/2019/27 އިޢުލާނުންވަނީ އިޢުލާން ކުރެވިފައެވެ.

އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އޭޕްރީލް 2019 އިން ފެށިގެން 30 އޭޕްރީލް 2019 (އަންގާރަ) ދުވަހުގެ 14:00 ގެ ކުރިން ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ނަންނޯޓް ކުރައްވާ ރަޖިސްޓަރީ ކުރެއްވުން ދަންނަވާފައިވެއެވެ. މިމަސައްކަތަށް މަޢުލޫމާތު ދިނުން އޮންނާނީ 07 މެއި 2019 ވާ (އަންގާރަ) ދުވަހުގެ 10:00 ގައި ކަމަށާއި ބީލަން ހުޅުވުން އޮންނާނީ 16 މެއި 2019 ވާ (ބުރާސްފަތި) ދުވަހުގެ 10:00 ގައި ކަމަށް އެއިޢުލާންގައިވެއެވެ.

މަޢުލޫމާތު ދިނުމާއި ބީލަން ހުޅުވުން އޮންނާނީ ކީރިތި ޤްރުޢާނާއި ބެހޭ މަރުކަޒުގައިކަމަށާއި މި ބީލަމުގެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވޭނީ ބީލަމުގައި ރަޖިސްޓަރީ ވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ވެފައިވާ އަދި ޤާނޫނު ނަމްބަރ 18/2014 ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް އެއިޢުލާންގައިވެއެވެ. އަދި ބީލަން ހުށަހަޅާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ.

Leave a Reply