ޑެންގޫ ހުމާ ދެކޮޅަށް މަދިރި އުފެދޭ ތަންތަން ބަލައި ނައްތާލުމަށްޓަކައި ޕްރޮގްރާމެއް ހިންގަނީ

” މަގޭ ވެށި – ސާފުކުރުން މަގޭ ޒިންމާ ” މި ޝިޔާރުގެ ދަށުން ޑެންގޫ ހުމާ ދެކޮޅަށް މަދިރި އުފެދޭ ތަންތަން ބަލައި ނައްތާލުމަށްޓަކައި ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމް ހިންގުމަށް ނިންމާފައިވަނީ ސަރުކާރުގެ ހުރިހާ މުވައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެންނެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި 27 އޭޕްރިލް 2019 ހޮނިހިރު ދުވަހު ހެނދުނު 07:30 ގައި ވީހާވެސް ގިނަ ރައްޔިތުން ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުމަށް އެދިލައްވާފައިވެއެވެ. މިހަރަކާތުގައި ސަރުކާރުގެ ހުރިހާ މުވައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެދުގައި ގުރޫޕްތަކެއް ހެދި ކަނޑައެޅޭ ސަރަޙައްދުތަކެއްގެ ގޯތިގެދޮރާއި ތަންތަން ބަލާ ފާސްކުރެވޭނެއެވެ.

ޑެންގޫ ހުމާ ދެކޮޅަށް ރަށުތެރޭގައި ފޮގް ކުރުމުގެ ހަރަކާތްތަކެއްވެސް 23 އޭޕްރީލް 2019 ން ފެށިގެން ހެނދުނާއި ހަވީރު 3 ދުވަސް ވަންދެން ކުރިޔަށް ގެންދަމުން އެބަދެއެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރަކީ ޑެންގޫ ހުމުގެ ކޭސްތައް ގިނަ އަހަރެކެވެ.

ޑެންގޫ ހުމުން ރައްކާތެރިވުމުގެ ގޮތުން ރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތަކެއް އަޅައިގެން ތިއްބެވުމަށް ޑެންގޫ ޓާސްކު ފޯސްއިން އިޢުތިމާސްކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *