” މަގޭ ވެށި – ސާފުކުރުން މަގޭ ޒިންމާ ” މި ޝިޔާރުގެ ދަށުން އިއްޔެ ހިންގި ހަރަކާތުގެ ފުރަތަމަ ފިޔަވަހީގެ 85 ޕަސެންޓް ނިންމާލައިފި.

” މަގޭ ވެށި – ސާފުކުރުން މަގޭ ޒިންމާ ” މި ޝިޔާރުގެ ދަށުން ޑެންގޫ ހުމާ ދެކޮޅަށް މަދިރި އުފެދޭ ތަންތަން ބަލައި ނައްތާލުމަށްޓަކައި އިއްޔެ ޑޯޓްޑޯ ހަރަކާތުގައި ގިނަ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އާންމުންގެ އެހީތެރިކަމާއެކު ރަށުގެ 85 ޕަސެންޓް ނިންމާލައިފިއެވެ.

ގުރޫޕްތަކަކަށް ބަހާލައިގެން ރަށުގެ އެކި ސަރަޙައްދުގެ ގޭތަކަށް ވަދެ ހިންގި މި ހަރަކާތުގައި ޑެންގޫ ހުންޖެހިފައިވާ ބަލިމީހުން ތިބޭ ގެ، މަދިރި އުފެދޭ ތަންތަން ނައްތާލެވިފައިވާ ގޭގެ އާއި ތަންތަން، ސާފުކުރަންޖެހޭ ތަންތަނާއި އަލުން ސާފުކުރަން ބޭނުންވާ ގޭގެ އާއި ތަންތަން، މީހުން ދިރިއުޅޭ ނަމަވެސް ނުވަދެވޭ ނުވަތަ މީހަކާ ދިމާނުވާ ގޭގެ، ވިޒިޓް ކުރެވުނުއިރު މަދިރިއުފެދޭފަދަ އެއްވެސް ތަނެއް ނެތް، އަދި މަދިރި އުފެދޭ ގޭތައް ހުރި، އިސްލާހް ނުކުރެވޭ ގޭތައް ފާހަގަކުރެވިފައިވެއެވެ.

އިއްޔެ ހިންގި ހަރަކާތުގައި ހިނގިފައިވަނީ ފުރަތަމަ ފިޔަވަހި ކަމަށާއި ދެން ބަލައި ޗެކުކުރެވޭނީ މައްސަލަތަށް ފާހަގަކުރެވިފައިވާ ގޭތަކުން މައްސަލަތައް އިސްލާހުކޮށް ނުވަތަ ނުވަދެވޭ ގޭތަކަށް އިތުރަށް ބެލުމުގެ ގޮތުންނެވެ. މިހަރަކާތުގައި މަދިރި އުފެދޭ ތަންތަން ބަލައި ނައްތާލުމަށްޓަކައި ހިންގި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޑެންގޫ ޓާސްކު ފޯރސްގެ ފަރާތުންނާއި ކައުންސިލްގެ ފަރާތުން ވަރަށް ޙާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ.

ކޮންމެ މުއައްސަސާއަކުން އަދި ޖަމިއްޔާ ޖަމާއަތުން އިސްފަރާތެއް ހިމެނޭގޮތަށް ހެދިފައިވާ ކޮމެޓީގެ އިސްދައުރެއް އަދާކުރަމުން ދަނީ ކައުންސިލްއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *