ޚަބަރު

މިއަހަރު ރަމަޟާން މަހު ޙިފްޒްކޮށް ތަރާވީސް ކުރުމަށް ކައުންސިލްއިން ޚަރަދުކޮށްގެން ގެނުއްވި ހާފިޒު ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި.

ކުރިއަށް އޮތް ރަމަޟާން މަހު ޙިފްޒްކޮށް ތާރާވީސް ކުރުމަށްޓަކައި ކައުންސިލްއިން ޚަރަދުކޮށްގެން ގެނުއްވި ހާފިޒު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފިއެވެ. އަލްހާފިޒް އަޙްމަދު މުޙައްމަދު އިބްރާހީމް ޚާތިބް ނަމަކަށް ކިޔާ މިހާފިޒަކީ އިންޑިޔާ މީހެކެވެ. އަލްހާފިޒް އަޙްމަދު މުޙައްމަދު އިބްރާހީމް ޚާތިބް ޙިފްޒްކޮށް ތާރާވީސް ނަމާދު ކުރުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ އެންމެ ބޮޑު މިސްކިތެއް ކަމުގައިވާ މަސްޖިދުލް ހަޟާރަތުގައެވެ.

މިރަމަޟާން މަހު އަމިއްލަ ފަރާތަކުން ތާރާވީސް ކުރުމަށްޓަކައި ހާފިޒެއް ގެނައުމުގެ މަސައްކަތް ކުރަމުން އެބަގެންދަވައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދެންނެވި ހާފިޒް ތަރާވީސް ކުރުމަށް ކަނޑައެޅިފައިވަނީ ހަސަނާތު މިސްކިތުގައެވެ.

ނިމިދިޔަ ރަމަޟާން މަހުވެސް ކައުންސިލްއިން ވަނީ ތާރާވީސް ކުރުމަށްޓަކައި ދެމިސްކިތަކަށް ރާއްޖެއިން ބޭރު ދެހާފިޒުން ކަނޑައަޅައި ޚަރަދުކޮށްފައެވެ.

Leave a Reply