ޚަބަރު

މަސްޖިދުލް ފިރްދައުސް ނިންމައި ކުޅުދުއްފުށީ ކައުންސިލްއާއި ޙަވާލުކުރައްވައިފި.

ކުޅުދުއްފުށީ މަޝްހޫރު ވިޔަފާރިވެރިޔާ ހދ. ކުޅުދުއްފުށި، ތަރި، މުޙައްމަދު ޒުހެއިރު އަމިއްލަ ޚަރަދުގައި ބިނާކުރި މިސްކިތް ނިންމައި ކުޅުދުއްފުށީ ކައުންސިލްއާއި ޚަވާލުކުރައްވައިފިއެވެ. މަސްޖިދުލް ފިރްދައުސް ނަމަކަށް ކިޔާ މިމިސްކިތް ކައުންސިލްއާއި ޚަވާލުކޮށްފައިވަނީ 02 މެއި 2019 ގައެވެ.

ކުޅުދުއްފުށީ އެންމެ އުތުރުން ބަނދަރު ސަރަޙައްދަށް ވާގޮތަށް ބިނާކޮށްފައިވާ މިމިސްކިތުގައި ގާތްގަނޑަކަށް 450 މީހުން އެއްފަހަރާ ނަމާދުކުރެވޭނެއެވެ. ވޭޖު އުސޫލުން ކައުންސިލް އިދާރާއިން މިމިސްކިތުގައި ނަމާދުކުރުމަށް އިމާމަކު ނެގުމަށް އިންޓަވިއު ކުރެވިފައިވާ އިރު ހަމަ އެއުސޫލުން 4 މަސައްކަތު މީހުންވެސް މިސްކިތް ފޮޅައި ސާފުކުރުމަށް ނަގާފައިވެއެވެ.

މިމިސްކިތުގައި ނަމާދު ކުރެވުނު ނަމަވެސް ރަސްމީކޮށް މިމިސްކިތް ހުޅުވުމަށް ނިންމާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ އަޙްމަދު ޒާހިރުއެވެ. އެގޮތުން މިސްކިތް ހުޅުވުމަށްޓަކައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ އަޙްމަދު ޒާހިރު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 05 މެއި 2019 ގައެވެ.

Leave a Reply