ޚަބަރު

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ގޮޅިތަކަށް ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ގުރުއަތުލަނީ

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ގޮޅިތަކަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ލެވޭ ގުރުއަތުލުން 13 މެއި 2019 ވާ ހޯމަ ދުވަހުގެ 21:30 ގައި ނޯތު އޮފީސް ކޮމްޕްލެކްސްގައި ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ގޮޅިތަކަށް ހުޅުވާލި ފުރުސަތުގައި ޖުމުލަ 60 ބޭފުޅުން އެޕްލިކޭޝަން ހުށަހަޅާފައިވާއިރު ގުރުގައި ބައިވެރިވެވެން ނެތް ފަރާތްތަކުގެ ގުރުއަތުލުމުގައި ބައިވެރިވާނީ އެކަމަށް ކަނޑައަޅާފައިވާ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ މުވައްޒަފެކެވެ. އަދި ގުރުއަތުލުމުގައި ބައިވެރިވާން އަންނަ ފަރާތަކުން އެފަރާތުގެ އައިޑީކާޑް ހިއްޕަވައިގެން ގުރުއަތުލުމަށް ދުރުވުމަށް ވަނީ އަންގަވާފައެވެ.

19 މާރޗް 2019 ގައި ރަސްމީކޮށް ހުޅުވިގެން ދިޔަ ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގައި ޖުމުލަ 32 ގޮޅި އިންނަ އިރު 2 ގޮޅިއަކީ ބަންދުކުރެވޭގޮތަށް އިންނަ 2 ގޮޅިއެވެ. އަދި ގޮޅީގެ ގޮތުގައި 26 ގޮޅިއާއި 4 ގޮޅި އެހެން ގޮޅިތަކާ ތަފާތުކޮށް އަކަފޫޓުން ތަފާތުވާނެއެވެ.

Leave a Reply