ޚަބަރު

ފަޤީރުންނަށް ކަދުރު ބަހައި ބާކީ ހުރި ކަދުރު ޢާންމުންނަށް ބަހަނީ

ކުޅުދުއްފުއްޓަށް ގެނައި 459 ކަދުރު ޕެކެޓުގެ ތެރެއިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ 119 ގޭބީސީއަށް ކަދުރު ބެހުމަށްފަހު ބާކީވާ 340 ޕެކެޓް އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ބެހުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކަދުރު ބޭނުންވާ ގޭބީސީތަކުން އެގޭބީސީއެއްގައި ދިރިއުޅޭ އެގެއެއްގައި ރަށްވެހިވެފައިވާ ފަރާތެއްގެ އައިޑީކާޑު ހިއްޕަވައިގެން ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ކަދުރު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކަދުރު ދޫކުރުން އޮންނާނީ 14 މެއި 2019 ވާ އަންގާރަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހަކު 09:30 ން 12:00 އަށެވެ.

Leave a Reply