މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އަލީ، މަސްޖިދުލް ފިރުދައުސް ރަސްމީކޮށް މާދަމާ ހުޅުވައިދެއްވަނީ

އަމިއްލަ ފަރާތެއްގެ ހިލޭ އެހީގެ ދަށުން ކުޅުދުއްފުށީގައި ޢިމާރާތްކޮށްފައިވާ މަސްޖިދުލް ފިރުދައުސް 15 މެއި 2019 ވާ ބުދަ ދުވަހު ( މާދަމާ ) ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މިމިސްކިތް ރަސްމީކޮށް ހުޅުވައި ދެއްވާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އަލީއެވެ. މިކަމަށް އޮތް ރަސްމިއްޔާތު އޮންނާނީ މާދަމާ މެންދުރުފަހު 15:05 ގައި މަސްޖިދުލް ފިރުދައުސް ގައެވެ.

މިރަސްމިއްޔާތު ތަޢާރަފް ކޮށްދެއްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު ސަޢީދުއެވެ. އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އަލީގެ ވާހަކަފުޅަށްފަހު މިސްކިތް ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށް ފަހު އަސުރު ނަމާދު ކުރެއްވުމަށް ފަހު މިނިސްޓްރ އޮފް ސްޓޭޓް، ޝެއިޚް އިލްޔާސް ޖަމާލް ދީނީ ނަސޭހަތް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އަލީ އަދި ދަތުރުގެ ބައިވެރިން ކުޅުދުއްފުއްޓަށް ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވަނީ 15 މެއި 2019 ވާ ބުދަ ދުވަހު 11:30 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *