ޚަބަރު

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ހޯލް މަރާމާތުކޮށް، ގަރާޖަކާއި މީޓިންގ ރޫމެއް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް އަލުން ހޯދުމަށް އިޢުލާން ކޮށްފި

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ހޯލް މަރާމާތުކޮށް، ގަރާޖަކާއި މީޓިންގ ރޫމެއް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)266/266/2019/27 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކައުންސިލްގެ ނަންބަރު (IUL)266/266/2019/31 އިޢުލާނުންވަނީ އަލުން އިޢުލާން ކޮށްފައެވެ.

އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 މެއި 2019 އިން ފެށިގެން 23 މެއި 2019 ( ބުރާސްފަތި ) ދުވަހުގެ 13:00 ގެ ކުރިން ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ނަންނޯޓް ކުރައްވާ ރަޖިސްޓަރީ ކުރެއްވުމަށް ދަންނަވާފައިވެއެވެ. މިމަސައްކަތަށް މަޢުލޫމާތު ދިނުން އޮންނާނީ 26 މެއި 2019 ވާ ( އާދީއްތަ ) ދުވަހުގެ 10:00 ގައި ކަމަށާއި ބީލަން ހުޅުވުން އޮންނާނީ 30 މެއި 2019 ވާ ( ބުރާސްފަތި ) ދުވަހުގެ 10:00 ގައި ކަމަށް އެއިޢުލާންގައިވެއެވެ.

މަޢުލޫމާތު ދިނުމާއި ބީލަން ހުޅުވުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގައިކަމަށާއި މި ބީލަމުގެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވޭނީ ބީލަމުގައި ރަޖިސްޓަރީ ވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ވެފައިވާ އަދި ޤާނޫނު ނަމްބަރ 18/2014 ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް އެއިޢުލާންގައިވެއެވެ. އަދި ބީލަން ހުށަހަޅާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ.

Leave a Reply