ޚަބަރު

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ހޯލް މަރާމާތުކޮށް، ގަރާޖަކާއި މީޓިންގ ރޫމެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް 5 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފި

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ހޯލް މަރާމާތުކޮށް، ގަރާޖަކާއި މީޓިންގ ރޫމެއް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)266/266/2019/31 އިޢުލާނަށް ޖުމުލަ 5 ފަރާތަކުން ވަނީ ބިޑު ހުށަހަޅާފައެވެ. ބިޑު ހުށަހަޅާފައިވަނީ ކަލެކްޓިން ކޮމްޕެނީ، ރޫހް ގަރާޖް، ގޮބޮޅި އިންވެސްޓްމެންޓް، ޕްލަސްބީ އަދި ޓްރެވެލް ކޮންސްޓްރަކްޝަން އިންނެވެ.

ބިޑު ޑޮކިއުމަންޓްތައް އިންސްޕެކްޓްކޮށް ބިޑު ކޮމެޓީން އިވޭލުވޭޓްކޮށް ވަރަށް އަވަހަށް ބިޑު ކާމިޔާބުކުރި ފަރާތާއި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެއެވެ. އަދި މަސައްކަތް ކުރުމަށް ޚަވާލުކުރެވޭނެއެވެ.

Leave a Reply