ޚަބަރު

ކުޅުދުއްފުއްޓަށް މިއަދު ކުރި ވިއްސާރައިގައި ނެގި ކޮޅިގަނޑެއްގައި ދެގެއްގެ ފުރާޅު އެއްލާލައިފި

ކުޅުދުއްފުއްޓަށް މިއަދު ކުރި ވިއްސާރައިގައި އައި ކޮޅިގަނޑެއްގައި 6 ގެޔަކަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ. އެގޮތުން ކުރުނބާ އަދި ފެހިމާ ކިޔާ ގޭގެ ފުރާޅު އެއްލާލައިފައިވާއިރު އާދިއްލީގެއިގައި ހުރި ބޮޑު ބަނބުކެޔޮގަހެއް ވަނީ މުލުން ލުހި ފަހާގެ ގިފިލި މައްޗަށް ވެއްޓިފައެވެ. އާންމުންގެ އެހީތެރިކަމާއެކު މިހާރު ދަނީ ވެއްޓިފައިވާ ބަނބުކެޔޮގަސް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުންވެސް މަގޫމާގެ އަދި ދިއްގިރި ލޮޖްއަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

 

މިވިއްސާރައިގައި ގެއްލުން ލިބުނު ގޭތަކުގެ މަޢުލޫމާތު މިހާރު ކައުންސިލްއިން ނަންގަވައިފައިވާއިރު މިހާރު ދަނީ އެމަޢުލޫމާތު ޑިޒާސްޓަރ މެނޭޖްމަންޓްއަށް ފޮނުވުމުގެ މަސައްކަތް ކުރެވެމުންނެވެ.

Leave a Reply