ހދ. ނޮޅިވަރަންފަރުގައި ޤާއިމު ކުރަމުން ގެންދާ ފެނުގެ ނިޒާމް ހުޅުވުމަށް ކުރެއްވި ދަތުރުގައި އެންވަޔަރަމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ކުޅުދުއްފުއްޓަށް

ގްރީން ކުލައިމެޓް ފަންޑް ( ޖީ.ސީ.އެފް ) ހިލޭ އެހީގެ ދަށުން ހދ. ނޮޅިވަރަންފަރުގައި ޤާއިމު ކުރަމަމުން ގެންދާ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު އަދި އެކުގައި ދަތުރުކުރެއްވި ވަފްދު ކުޅުދުއްފުއްޓަށް އިއްޔެ ވަޑައިގެން ކުޅުދުއްފުށީ ކައުންސިލްއާއި ބައްދަލުކުރައްވައިފިއެވެ. ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި ކުޅުދުއްފުށީ ކުޅީގެ ޙާލަތު ދެނެގަތުމުގެ ގޮތުން ހެދިފައިވާ ދިރާސާ ހުށަހަޅުއްވައިދެއްވިއެވެ.

ބައްދަލުވުމުގައި މައިގަނޑު 3 ކަމަކަށް ވާހަކަ ދެކެވުނެވެ. އެއީ ކުޅުދުއްފުށީ އުތުރުގައި ބާކީ އޮތް ކުޅި، ރަށުގައި ފެން ބޮޑުވާ މައްސަލަ އަދި ކުޅުދުއްފުށީގެ ކުނީގެ މައްސަލައާއި ބެހޭގޮތުންނެވެ.

ކުޅުދުއްފުށީގައި ކުނީގެ ކަންކަމުގައި މިރަށަށް ކުރެއްވި ފުރަތަމަ ދަތުރުގައި ކުނި މެނޭޖްކުރުމަށްޓަކައި އެކަމަށް އެހީތެރިވުމަށް އިންސަނަރޭޓަރެއް ދޭނެ ކަމަށް ބުނެފައިވާނޭ ކަމަށާއި މިހާރު އެކަން ކުރުން ކަށަވަރުކޮށް އެކަމަށް ބޭނުންވާ ފައިސާ ހޯދާފައިވާނޭކަމަށާއި އިންސަނަރޭޓަރެއް ގެނައުމާއި ތަނުގައި ޤާއިމުކޮއްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރެވިފައިވާނޭކަމަށާއި އެއިޢުލާނާ ގުޅިގެން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ 2 ފަރާތުން ކަމަށްވާތީ އަލުން އިޢުލާންކޮށް މިހާރު މުއްދަތު ހަމަވަމުން އަންނަކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ވިދާޅުވިއެވެ. އިންސަނަރޭޓަރު މިހާރު އިނީ ތިލަފުށީގައި ކަމަށާއި އިންސަނަރޭޓަރެއް ގެނައުމަކީ އެކަން ދަންނަ ޤާއިމުކުރުމަށް ދަންނަ ބައެއް ލައްވާ ނުގެނެވޭނެ އެއްޗެއްކަމަށާއި ލަސްވެފައިވަނީ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން އޮންނަ އުސޫލުން ކުރިޔަށް ގެންދަންޖެހޭތީ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ކުނިކޮށި މެނޭޖްކުރަމުން ގެންދަވަނީ ފަނަކައިން ކަމަށާއި ކުޅުދުއްފުށީ ކައުންސިލްއަށްވެސް އަދި ފެނަކައަށްވެސް ކުނިކޮށި މެނޭޖްކުރުމަކީ ވަރަށް އުދަނގޫކަމެއް ކަމަށާއި އެކަން ކުރެވޭނީ އެކަމަށް ޤާބިލް އެކަން މިހާރުވެސް ކުރަމުން ގެންދަވާ ކުރެވޭވަރުގެ ބަޔަކާއި ޚަވާލުކޮށްގެން ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.

ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ ކުޅުދުއްފުށީގައި ކުނިމެނޭޖުމަންޓް ޕްލޭނެއް އެކުލަވާލަން ޖެހޭކަމަށާއި އޭރުން އަޅުގަނޑުމެންނަށް އެޕްލޭނާ އެއްގޮތަށް މަސައްކަތް ކުރެވެމުން ގެންދެވޭތޯ މޮނިޓަރ ކުރެވެމުން ގެންދާނެ ކަމަށާއި އެކަން ނުކޮށް އެއްވެސް ބައެއްގެ މައްޗަށް ޤާނޫނެއް ތަންފީޒް ނުކުރެވޭނެ ކަމަށާއި ޕްލޭނެއް އޮވެއްޖެ ނަމަ އަޅުގަނޑުމެންނަށް އެކިއެކި ކަންކަމަށް ފަންޑުކުރުމަށްވެސް ފައްސޭހަވެގެން ދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ވިދާޅުވިއެވެ. މީގެ އިތުރު ޕްލޭން ހެދުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ފަންނީ އެހީތެރިކަން ލިބޭނެކަމަށާއި ވީހާވެސް އަވަހަކަށް މިދެންނެވި ޕްލޭން ހެދުމަށް މިނިސްޓަރ އެދިލެއްވިއެވެ.


 

ކުޅުދުއްފުށީ ކުޅި ހަލާކުވެގެން ދިއުމަކީ އަޅުގަނޑު ދެރަވާ ކަމެއް ކަމަށާއި އެހެން ނަމަވެސް އެތަން ހިމާޔަތް ކުރަންޖެހޭނެ ކަމަށް ބުނެފައިވަނިކޮށް އެއަރޕޯރޓް އެތަނުގައި އެޅިގެން ދިއުމުން މިހާރު ކުޅި ވަނީ ދެބައިވެފައި ކަމަށާއި އެކަން ނުވާކަމެއް ކަމަކަށް މިހާރު ނުހެދޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ވިދާޅުވިއެވެ. އަޅުގަނޑުމެން ބޭނުންވަނީ އެތަން މިހާރު އޮތް މިންވަރަށްވެސް ހިމާޔަށްކުރުން ކަމަށް ވީނަމަވެސް އެތަނަށް ދޫނި ޖެއްސުމާއި އައިސް އުޅުމަކީ އެހާ ރައްކާތެރިކަމެއް ނޫން ކަމަށާއި އެކަމުން ބޯޓުތަކަށް ގެއްލުންތަކެއްވެ، ވަރަށް ބޮޑު ނުރައްކާތެރި ހާދިޘާއެއް ކުރިމަތިވެގެން ( ބާޑް ސްޓްރައިކް ) ހިގައިދާނެ ކަމެއް ކަމަށް ރީޖަނަލް އެއަރޕޯރޓްސްއިން ހާމަކުރާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ބާކީ އޮތް ކުޅި ހިމާޔަތްކުރަނީ ނަމަ ހަމައެކަނި ބާއްވާނީ ފެންގަނޑެއްގެ ގޮތުގައި ނޫން ކަމަށާއި އެތަނުން މަންފާއެއް ލިބޭނެ ގޮތަކަށް ހަދައި އެފެންގަނޑަކީ ދައުރުވާ ފެންގަނޑެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރާނެ ކަމަށާއި މިކަމަކީ ކައުންސިލްއިންވެސް ބޭނުންވާ ކަމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ވިދާޅުވިއެވެ.

ރަށުގައި ކުރިންސުރެންވެސް ވާރެވެހިގެން ރަށުތެރޭގައި އުފެދޭ ފެން ހިންދުމަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއް ތަނަކީ ކުޅުދުއްފުށީ ކުޅި ކަމަށާއި އެތަންތަނަކީ ރަށުގެ ޑިފެންސް މެކޭނިޒަމްއެއްކަމަށާއި ކުޅުދުއްފުށީގައި ވާރެވެހިގެން އުފެދޭ ފެން ކުޅިއަށް އެޅި އިތުރުވާބައި ބޭރުކުރުމަށް ކުރާނެ ގޮތެއް ނިންމާނީ ކައުންސިލްއާއި ރަށުގެ ރައްޔިތުންގެ މަޝްވަރާއާއިއެކުގައިކަމަށާއި އެނިންމާ ގޮތަކަށް އެކަން ކޮށްދިނުމަށް އެހީތެރިވާން މިތިބީ ތައްޔާރަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރަސްމީ ބޯޅަދަނޑުގައި ވަޅުލާފައިވާ ފެންހިންދާ ނިޒާމަކީ ރަނގަޅު ފެންވަރަކަށް މަގުތައް ހެދުމުން ގުޅިގެންދާ އެއްޗަކަށް ވެގެން ނުވާނެ ކަމަށާއި މިހާރުވެސް ރަށުގައި ރަނގަޅު ފެންވަރަކަށް ހެދިފައިވާ މަގުތައް އެނިޒާމާއި ގުޅާލުމަކީ ބޭނުންވާކަމެއް ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ. ކުޅިއެއް އޮތް ނަމަވެސް ރަށުގައި ފެން އުފެދި އެތައް ދުވަހެއް ވާއިރުވެސް އެފެން ކުޅިއާއި ހަމައަށް ނުދާކަމަށާއި ކުޅި ރަށުގައި އުފެދޭ ފެން ހިންދުމަށް މަސައްކަތްކުރަނީ އެންމެ 20 ޕަސެންޓް ކަމަށް ރައީސް ވިދާޅުވިއެވެ.

ފެންބޮޑުވާ މައްސަލައާއި ބޯޅަދަނޑުގައި ވަޅުލާފައިވާ ފެންހިންދާ ނިޒާމަށް މިހާރު ހެދިފައިވާ މަގުތަކުގެ ކާނުތައް ގުޅާލުމަށް ކުރެވެން އޮތް ކަންކަމަކީ ކޮބައިތޯ ބެލުމަށް އިންޖީނިއަރިންގ ޓީމެއް ވަރަށް އަވަހަށް ފޮނުވާނެ ކަމަށާއި އެފަރާތްތަކާއި ގުޅިގެން ކުރިޔަށް ގެންދެވުމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ވިދާޅުވިއެވެ.

8 thoughts on “ހދ. ނޮޅިވަރަންފަރުގައި ޤާއިމު ކުރަމުން ގެންދާ ފެނުގެ ނިޒާމް ހުޅުވުމަށް ކުރެއްވި ދަތުރުގައި އެންވަޔަރަމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ކުޅުދުއްފުއްޓަށް

 • 04/06/2022 at 17:38
  Permalink

  Howdy just wanted to give you a quick heads up. The text in your post seem to be running off the screen in Chrome.
  I’m not sure if this is a formatting issue or something to do with browser compatibility but I figured I’d post to
  let you know. The design look great though! Hope you get the
  problem solved soon. Cheers

  Reply
 • 06/06/2022 at 04:51
  Permalink

  whoah this weblog is great i really like studying your posts.
  Keep up the good work! You know, many individuals are looking around for this info,
  you could aid them greatly.

  Reply
 • 06/06/2022 at 08:50
  Permalink

  I am extremely inspired together with your writing abilities
  and also with the format for your blog. Is that this a paid topic or did you customize
  it yourself? Either way stay up the nice quality writing, it is
  uncommon to peer a great weblog like this one today..

  Reply
 • 06/06/2022 at 17:45
  Permalink

  In fact when someone doesn’t know afterward its up to other users that they
  will help, so here it happens.

  Reply
 • 08/06/2022 at 05:48
  Permalink

  I’m curious to find out what blog system you are working with?
  I’m having some small security issues with my latest blog and
  I would like to find something more safe. Do you have any solutions?

  Reply
 • 11/06/2022 at 14:10
  Permalink

  I got this web page from my friend who shared with me concerning this site and at the moment
  this time I am browsing this website and reading
  very informative content at this time.

  Reply

Leave a Reply

Your email address will not be published.