ޚަބަރު

މިނިސްޓްރ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓް އަލްފާޟިލާ އާމިނަތު ޢާޠިފާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ބައްލަވާލެއްވުމަށް ރަސްމީ ދަތުރުފުޅެއް ކުޅުދުއްފުއްޓަށް

ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި އަދި ހދ. ނޮޅިވަރަންފަރުގައި ޤާއިމްކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ބައްލަވާލެއްވުމަށްޓަކައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އަލްފާޟިލާ އާމިނަތު ޢާޠިފާ އާއި އެމިނިސްޓްރީގެ ޓީމެއް ހދ. އަތޮޅަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި، މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅިގެން ރަށުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައި ހައުސިންގ ޔުނިޓްތައް ޢިމާރާތްކޮށްފައިވާ ސައިޓްތަކަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ކުޅުދުއްފުއްޓަށް އައުމަށްޓަކައި ހދ. ނޮޅިވަރަންފަރުން ފުރާވަޑައިގަންނަވާނީ 31 ޖުލައި 2019 ( މާދަމާ ) ވާ ބުދަ ދުވަހު މެންދުރު 14:00 ގައެވެ. އަދި ދަތުރު އެއްކޮށް ނިންމަވާލައްވައި އެބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 01 އޯގަސްޓް 2019 ގައެވެ.

Leave a Reply