ޚަބަރު

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޒުހެއިރު ދެއްވި ހާއްސަ ޕްރެސް

ކުޅުދުއްފުށީ އެއަރޕޯޓްގެ ދަތުރުތައް ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން އިއްޔެ ކުޅުދުއްފުށީ އެއަރޕޯޓް ސަރަޙައްދުގައި ބޭއްވުނު ރަސްމިއްޔާތު ނިންމަވާލައްވައި ނޫސްވެރިންނާއި އިންވައިޓްކުރެވިގެން ދުރުވި ފަރާތަކަށް ނިއުސް ކޮންފަރެންސްއެއް ބާއްވައިފިއެވެ. އެކޮންފަރެންސްގައި ކުޅުދުއްފުށީ އެއަރޕޯޓްގެ ނުނިމި ހުރި ކަންތައްތަކާއި ކުރިޔަށް ރާއްވަވާފައިވާގޮތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޒުހެއިރު ހިއްސާކުރެއްވިއެވެ.

މިއަދު ކުޅުދުއްފުއްޓަށް އައި ފުލައިޓް ނަންބަރު Q2 440 ކުޅުދުއްފުއްޓަށް ޖެއްސުމާއިއެކު ކުޅުދުއްފުށީ އެއަރޕޯޓް ޢާންމު ދަތުރުތައް ފެށުނީ ކަމަށާއި އެއަރޕޯޓް މަސައްކަތް ނިންމައި ދަތުރު ފަތުރަށް ހުޅުވާލުމަށްޓަކައި އެކިއެކި ފަރާތްތަކުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޒުހެއިރު ވިދާޅުވިއެވެ. މި އެއަރޕޯޓުގައި ކުރުމަށް ބައިވަރު ކަންކަން އެބަހުރި ކަމަށާއި އޭގެ ތެރޭގައި އޭ.ޓީ.ސީ ޓަވަރެއް އަޅާނެ ކަމަށާއި ރަންވޭގެ ލައިޓިންގ ހުރީ ޕްލޭން ކުރެވިފައި ކަމަށާއި ޓާމިނަލް ފެޝިލިޓީސް އިތުރަށް ރަނގަޅުކުރާނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޒުހެއިރު ވިދާޅުވިއެވެ. މީގެ އިތުރުން ރެސްޓޯރެންޓް އަދި ކެފޭ ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތެއް ހޯދައި އެފަރާތަކާއި ޚަވާލުކޮށްގެން ކުރިޔަށް ގެންދިއުމުގެ ވިސްނުން އެބަހުރި ކަމަށާއި މީހުން ބޭނުންކުރުމަށް ޕަބްލިކް ފާހަނާއެއް ލުމުގެ މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޒުހެއިރު ވިދާޅުވިއެވެ.

އޭ.ޓީ.ސީ ޓަވަރާއި ރަންވޭ ލައިޓް ލުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށާއި ސެޑިއުލް ދަތުރުތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޒުހެއިރު ވިދާޅުވިއެވެ. އީދު ބަންދާއި ގުޅުވައިގެން ގިނައިން ޓިކެޓް ނަންގަވާފައިވަނި މާލެއިން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ފަރާތްތައްކަމަށާއި ފަހުން ކުޅުދުއްފުށިން މާލެއަށްވެސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޒުހެއިރު ވިދާޅުވިއެވެ.

މިހާރު ފެންސުނުޖެހިވާ ސަރަޙައްދުގެ މައްސަލަތަކަށް ހައްލު ގެނެވިފައިވާކަމަށާއި މަސްދުވަހުގެ ތެރޭގައި ފެންސު އެއްކޮށް ނިންމާލާނެ ކަމަށާއި ކުޅުދުއްފުށީ އެއަރޕޯޓް މަސައްކަތުގައި މިހާރު ހަރަކާތްތެރިވާނީ ހދ. ހަނިމާދު އެއަރޕޯޓްގެ ސްޓާފުންނާއި އެކު ކަމަށްވީނަމަވެސް މަސްދުވަހުގެ ތެރޭގައި ކުޅުދުއްފުށީ އެއަރޕޯޓަށް ނެންގެވި މުވައްޒަފުން ލައްވައި މަސައްކަތް ފެށުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޒުހެއިރު ވިދާޅުވިއެވެ.

ޖަހާފައިވާ ހިލަ ތޮށިން ބައެއް ހަލާކުވެގެން މިހާރު ގޮސްފައިވާ މައްސަލަ ވަރަށް އަވަހަށް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށާއި ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި އެކަން ހައްލުކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޒުހެއިރު ވިދާޅުވިއެވެ.

ހަނިމާދޫގައި އެޅިފައިވާ އެއަރޕޯޓްގެ ރަންވޭގެ ދިގުމިނަކީ 1200 މީޓަރ ކަމަށާއި ކުޅުދުއްފުށީގައި އެޅިފަވާ އެއަރޕޯޓްގައިވެސް އެހާ ދިގުމިން އޮތް ކަމުގައިވަނީނަމަ އިންޑިޔާއަށް ކުރާ ދަތުރުތަށް ކުޅުދުއްފުށީން ކުރުމާއިމެދު ހިޔާލަކީ ކޮބައިތޯ އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުން، އަދި ކުޅުދުއްފުށިން އެގޮތަށް ދަތުރުތައް އިންޑިޔާއަށް ކުރާކަށް ވިސްނުން ނުގެންގުޅޭކަމަށާއި ނަމަވެސް އެކަން ކުރަންޖެހިއްޖެއްޔާ ކުރާނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޒުހެއިރު ވިދާޅުވިއެވެ.

Leave a Reply