މިއީދުގައިވެސް ކުޅުދުއްފުށީގައި ދަމުހިނގުމުގެ ކުރިވަރު ފޯރިޔާއެކު ބާއްވަނީ

ކޮންމެ އަހަރަކުވެސް އީދު ދުވަހު ކުޅުދުއްފުށީގައި ކުރިޔަށް ގެންދާ ކުޅިވަރެއް ކަމުގައިވާ ދަމުހިނގުން މިއަހަރުވެސް ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީދުގައި މިކުޅިވަރު ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ 12 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެރެ ( މިރޭ ) އެވެ. އެހެން ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެކުޅިވަރު ވަނީ ފަސްކުރެވިފައެވެ.

ދަމުހިނގުމުގެ ކުޅިވަރު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 14 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ ރޭ 09:00 ގައި މާލިހާމަގާދިމާ ހިއްކިވެލިގަނޑުގައެވެ.

ވީމާ، މިކުޅިވަރުގައި ބައިވެރިވެލައްވާ ހުރިހާ ބޭފުޅުންވެސް އެދުވަހަށް ތައްޔާރުވެ އެކުޅިވަރުގައި ބައިވެރިވެދެއްވުން އެދި ދަންނަވަމެވެ. އަދި މިކުޅިވަރު ބައްލަވާލެއްވުމަށް ވީހާވެސް ގިނަ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ.

Leave a Reply

Your email address will not be published. Required fields are marked *