ޚަބަރު

ހދ. ކުޅުދުއްފުށީގައި 6 ބުރީގެ އިމާރާތެއް އެޅުމަށްޓަކައި ފައުންޑޭޝަނާއި ފުރަތަމަ ޝީޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައްވައިފި.

ހދ. ކުޅުދުއްފުށީގައި 6 ބުރީގެ އިމާރާތެއް އެޅުމަށްޓަކައި ފައުންޑޭޝަނާއި ފުރަތަމަ ޝީޓް ގްރައުންޑް ފްލޯރގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިޢުލާން ކޮށްފައެވެ. މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2019 ދުވަހުން ފެށިގެން 10 ނޮވެމްބަރ 2019 ރަސްމީ ކޮންމެ ދުވަހުގެ 08:30 ން 12:00 އަށް ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ރަޖިސްޓަރީ ކުރެއްވުމަށް ވަނީ ދަންނަވާފައެވެ. މިޕްރޮޖެކްޓްގެ މަޢުލޫމާތު ދިނުން 14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 އޮންނާނެ އަދި އަންދާސީ ހިސާބު ހުޅުވުން 24 ނޮވެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:30 ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މި އަންދާސީ ހިސާބަށް މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވޭނީ ރަޖިސްޓަރީ ވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން އެން.ސީ.އާރް ގްރޭޑް GC01ގެ ގިންތި 3،2،1 އަދި 4ގެ ކުންފުނިތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. މިބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ.

Leave a Reply