ޚަބަރު

ކުޅުދުއްފުށި ކައުންންސިލްގެ ފަރާތުން ރަށްފެހި ޕްރޮގްރާމް މިއަދު ފަށައިފި

މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައި ފެހިކުރުމަކީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙްގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެއްވައުދެވެ. މިގޮތުން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ “ރަށްފެހި” ޕްރޮގްރާމް ކުޅުދުއްފުށީގައި އިފްތިތާޙްކުރުމަށްޓަކައި ކައުންސިލްގެ އިސްނެގުމާއެކު މިއަދުވަނީ ގަސްއިންދުމުގެ ޕްރޮގްރާމް ފަށާފައެވެ. މިޕްރޮގްރާމް ކުޅުދުއްފުށީގައި ފައްޓަވައި ދެއްވާފައިވަނީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަންނެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ސްޓާފުންނާއި ކައުންސިލް މެމްބަރުން ހިމެނިގެންދިޔަ މިހަރާކާތުގެ ތެރެއިން މިއަދު ކުޅުދުއްފުށި އަމީނީމަގުގައި ހިޔާ ލިބޭ 20 ގަސް ވަނީ އިންދިފައެވެ. ކުރިޔަށް އޮތްތާގައި މިޕްރޮގްރާމް އިތުރަށް ފުޅާކޮށް މުޅިރަށް ފެހިކުރުމުގެ ހަރަކާތެއް، ރަށުގެ އެންމެހައި މުޢައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ ހަރަކާތްތަކުގެ ތެރެއިން އިންދޭގަސްތަށް ބަލަހައްޓައި ހިމާޔަތްކުކުރުމުގައި އެންމެންގެ އެހީތެރިކަމާއި އެއްބާރުލެއްވުމަށް  ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަން ބާރުއެޅުއްވިއެވެ.

ރަށުގައި ހިޔާލިބޭ ގަސް ގިނަވެގެން ދިއުމަކީ ރަށުގެ ހަނަފަސްކަން ކުޑަކޮށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނޭ ކަމެކެވެ. މިގޮތުން ހިޔާ ލިބުމާއި ހިތްހަމަޖެހުން އިތުރުކޮށްދިނުމާއި ރަށުގެ ހޫނުކަން ކުޑަކޮށްދިނުން ހިމެނެއެވެ. ހަމަ މިގޮތުން ރަށުގެ އާންމު ސިއްޙަތު ރައްކާތެރިކުރުމަށްވެސް ގަސްތަކުން އެހީ ލިބެއެވެ. މަގުތަކުން އަރާ ހިރަފުހާއި ދުއްވާއެއްޗެހި ގިނަވުމުގެ ސަބަބުން ވައިނުސާފުވުމުގެ މައްސަލަވެސް ގަސްތަކުން ކުޑަކޮށްދެއެވެ.

Leave a Reply