ޚަބަރު

ތިމާގެ ޢާއިލާ ދުޅަހެޔޮ ޞިއްޙަތެއްގައި ބެހެއްޓުމަށްޓަކައި ކެއިން ބުއިމާއި ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެންނަންޖެހޭ – ކައުންސިލްގެ ރައީސް

ހަކުރުބަލީގެ ދުވަހުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ރަށުގެ ހުރިހާ ރައްޔިތުން ތިއްބެވުމަކީ އެދޭ ކަމެއް ކަމަށާއި ތިމާގެ ޢާއިލާ ދުޅަހެޔޮ ޞިއްޙަތެއްގައި ބެހެއްޓުމަށްޓަކައި ކެއިން ބުއިމާއި ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެންނަންޖެހޭކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް 14 ނޮވެމްބަރަކީ ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް ޢާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ދުނިޔޭގެ ހަކުރުބަލީގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިގޮތުން އިންޓަނޭޝަނަލް ޑައެބެޓީސް ފެޑެރޭޝަންއިން 2018 އަދި 2019 ވަނަ އަހަރުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ” ހަކުރުބައްޔާއި ޢާއިލާ ” މިޝިޢާރެވެ.

ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ހުރިހާ ސްޓާފުން އޮފީހަށް ޙާޟިރުވެފައިވަނީ ފައިމަގުގައި ހިންގަވާފައެވެ. މީގެ އިތުރުން މިދުވަހަށް ހޭލުންތެރިކުރުމުގެ ގޮތުން މަސައްކަތް ފެށުމުގެ ކުރިން ހުރިހާ މުވައްޒަފުން ބައިވެރިވެގެން މާހައުލާއި އެކަށީގެންވާ ލުއި ކަސްރަތެއް ވަނީ ކޮށްފައެވެ. އަދި ހަމަ އެއާއިއެކު ހުރިހާ މުވައްޒަފުންވަނީ ޞިއްޙަތަށް ފައިދާހުރި ނާސްތާއެއް ނަންގަވާފައެވެ.

Leave a Reply