ބޭނުންނުކޮށް މަގުތަކަށް ދޫކޮށްލެވިފައިވާ އުޅަނދުތައް
ކުޅުދުއްފުށީގެ އެކިއެކި ސަރަޙައްދާއި މަގުތަކުގައި ބޭނުން ނުކޮށް ދޫކޮށްލެވިފައިވާ ގިނަ ޢަދަދެއްގެ އުޅަނދުތައް އެކި ތަންތާގައި އެބަހުއްޓެވެ. ބައެއް އެއްޗެއްސަކީ ގިނަދުވަސްތަކެއް ވުމުގެ ސަބަބުން އެތަކެތި ދަބަރަށްވެ ވަރަށް ބޮޑަށް ގެއްލުންތަކެއް ވެފައިވާ އެއްޗެއްސެވެ. މަގުގެ ޒީނަތްތެރިކަންގެއްލި މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ލިބޭ އުނދަގުލުގެ ޝަކުވާ ކައުންސިލްއަށް އަބަދުމެދަނީ ލިބެމުންނެވެ.
އެހެންކަމުން މިފަދަ އުޅަނދެއް ނުވަތަ އުޅަނދުތަކެއް މަގުމަތީގައި ނުވަތަ ރަށުގެ އެއްވެސް ދިމާލެއްގައި އެއްލާލެވިފައިވާނަމަ އެތަކެތީގެ ވެރިފަރާތުން 15 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ ކުރިން އެތަކެތި ނަންގަވައި އެފަދަ ތަންތަން ސާފުކުރެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
ރަށުގެ ރީތިކަން ބަލަހައްޓާނީ ހަމަ އެރަށެއްގައި އުޅޭ ރަށުގެ ރައްޔިތުންކަމަށްވީހިނދު ރަށް ރީތިކޮށް ބެލެހެއްޓުމުގައި އަޅުގަނޑުމެން ކުރައްވާ މަސައްކަތުގައި އަތުކުރި އޮޅާލައި ބައިވެރިވެދެއްވުމާއި އެއްބާރުލުން ދެއްވުމަކީ ރަށް ރީތިކޮށް ބޭއްވުމަށްޓަކައި އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ.