ޚަބަރު

އެހެން އަހަރުތަކާ ތަފާތުކޮށް 2020 ވަނަ އަހަރުގެ ރަށު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު

ރަށު ފެންވަރުގައި ބޭއްވޭ ޤްރުއާން މުބާރާތް، 20، 21 އަދި 22 ފެބްރުއަރީ 2020 މިތިންދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައި ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 16 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 16 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުމަށް ވަނީ އަންގަވާފައެވެ..

ޤްރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކު 08:00 ން 14:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ވެބް ސައިޓުން ލިބެން ހުންނާނެއެވެ.

އެހެން އަހަރުތަކުގައި ރަށު ޤުރުއާން މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ބައިވެރިކުރެވޭނީ ޕްރީ ސްކޫލް، ސްކޫލް، އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ކީރިތި ޤުރުއާން ކިޔަވައިދޭ ތަނެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކުލާސްތަކަށް އެކަންޏެވެ. ނަމަވެސް 2020 ވަނަ އަހަރު ރަށު ޤުރުއާން މުބާރާތުގައި ބައިވެރިވާނީ ވަކިވަކިންނެވެ.

Leave a Reply