ޚަބަރު

2020 ވަނަ އަހަރު ކާމިޔާބު އަހަރެއްގެ ގޮތުގައި ހެދުމަށްޓަކައި މިއަދު މިބޭއްވުނު ތަމްރީނު ޕްރޮގްރާމު އެންމެހައި ސްޓާފުންނަށް ވަރަށް މުހިއްމު އެއްޗަކަށްވާނެ – ކައުންސިލްގެ ރައީސް

ކައުންސިލް އިދާރާގެ އެދިލެއްވުމަކަށް މިނިސްޓްރީ އޮފް ފިނޭންސްގެ ސީނިޔަރ ދެބޭފުޅުން ކުޅުދުއްފުށި ކައުންސިލް އަދި ކައުންސިލް ބަލަހައްޓަމުންގެންދަވާ އިދާރާތަކަށް އަމާޒުކޮށްގެން ޕަބްލިކް ފައިނޭންސް އަދި ޕްރޮކިއުމަންޓް ޓްރެއިނިންގ ސެޝަނެއް ކާމިޔާބުކަމާއިއެކު ނިންމަވާލައްވައިފިއެވެ. ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި 03 ޖަނަވަރީ 2020 ން 04 ޖަނަވަރީ 2020 ގައި ކުރިޔަށްދިޔަ މިޓްރެއިނިންގ ވޯރކްޝޮޕްގައި ފެސިލިޓޭޓްކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ނެޝެނަލް ޓެންޑަރގެ އެންމެ އިސްވެރިޔާ މިނިސްޓްރީ އޮފް ފިނޭންސްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މުޖުތަބާ އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިޕާރޓްމަންޓްގެ އެންމެ އިސްވެރިޔާ މިނިސްޓްރީ އޮފް ފިނޭންސްގެ ޗީފް ފަންޑްސް އެގްޒެކެޓިވް އަލްފާޟިލާ ހައްވާ ސަފްނާއެވެ.

އައު އަހަރެއްގެ ފެށުން ވީހާވެސް ފުރިހަމަކޮށް ގެންދިއުމަށްޓަކައި ކައުންސިލް އިދާރާގެ ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ އާދަމްގެ އިސްނެންގެވުމާއި އެކު ކުރިޔަށް ގެންދެވި މި ޓްރެއިނިންގ ސެޝަން ބޭއްވުމަށްޓަކައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ވަރަށް ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިފައިވެއެވެ.

މިޓްރެއިނިންގގެ ބައިވެރިންނަށް ސެޓްފިކެޓް ދެއްވުމަށް ބޭއްވުނު ރަސްމިއްޔާތު ސަރަފްވެރިކޮށްދެއްވީ ޢަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ނާސިހާ އިދްރީސްއެވެ. މި ޓްރެއިނިންގގައި ޖުމުލަ 15 ބައިވެރިން ޓްރެއިންވެފައިވާއިރު ކައުންސިލުން ދެމުންގެންދާ ޙިދުމަތްތައް ވީހާވެސް ފުރިހަމަކޮށް ވީހާވެސް އަވަސްމިނެއްގައި ދިނުމަށްޓަކައި މިއީ އިތުރުކުރެވިގެން ދިޔަ ބޮޅެކެވެ.

ފެށިގެން މިދާ 2020 ވަނަ އަހަރަކީ ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާ އަހަރެއްކަމަށާއި ކުޅުދުއްފުށި ކައުންސިލް އަދި ކައުންސިލް ބަލަހައްޓަމުންގެންދަވާ އިދާރާތަކުގެ ސްޓާފުންނަށް ލިބިގެންމިދިޔަ މަޢުލޫމާތު ތަކަކީ އޭގެ ފައިދާ 2020 ގައި އޮފީސް ހިންގުމުގެ ތެރެއިން ފެނިގެންދާނެ ކަމެއް ކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.

ބަޖެޓަކީ އަޅުގަނޑުމެންގެ އަމިއްލަ ފައިސާއެއް ނޫންކަމަށާއި މި ފައިސާއަކީ ރައްޔިތުންގެ ފައިސާކަމަށާއި އަޅުގަނޑުމެންގެ އަތްމަށްޗަށް މިފައިސާ މިދޫކޮށްލަނީ އެފައިސާ އެންމެ ރަނގަޅުގޮތުގައި ތަންފީޒްކުރުމަށްޓަކައި ކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ނެޝެނަލް ޓެންޑަރގެ އެންމެ އިސްވެރިޔާ މިނިސްޓްރީ އޮފް ފިނޭންސްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މުޖުތަބާ ވިދާޅުވިއެވެ. މިއަދު މިއެނގިގެންދިޔަ ކަންތައްތަކުގެ ތެރެއިން ކުރިން އިސްލާހުކުރަން ކަމެއް އޮތްނަމަ އެކަމެއް ރަނގަޅުކޮށްގެން އައު ހިތްވަރަކާއެކު ކުރިޔަށް ދިއުން އެއީ ކުރަންޖެހޭނެ ކަމެއްކަމަށާއި ކުރިޔަށް އޮތް ތަނުގައި މިނިސްޓްރީ އޮފް ފިނޭންސްގެ އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ އެއެހީ ލިބޭނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ނެޝެނަލް ޓެންޑަރގެ އެންމެ އިސްވެރިޔާ މިނިސްޓްރީ އޮފް ފިނޭންސްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މުޖުތަބާ ވިދާޅުވިއެވެ.

ކަމެއް ރަނގަޅުވާނީ އެކަމެއް ކުރެވޭ ވަގުތާއި ހާލަތާއި އެކުރާ ބަޔަކާއި ގުޅިގެން ކަމަށާއި މިފުރުޝަތަކި، މިވަގުތަކީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ތިއްބެވި އިދާރި މުވައްޒަފުންނަށް އަދި ކައުންސިލް އިދާރާއިން ބަލަހައްޓަވާ މުއައްސަސާތަކުގައި ތިއްބަވާ މުވައްޒަފުންނަށް މިކަހަލަ ޓްރެއިނިންގ އަކަށް އެންމެ ފަހި ފުރުޝަތު ކަމަށް ޢަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަދި މިރަސްމިއްޔާތުގެ ސަރަފްވެރި މެހެމާނާ އަލްފާޟިލާ ނާސިހާ އިދުރީސް ވިދާޅުވިއެވެ. ކަމަކަށް ބޭނުންވާ ފުރިހަމަ ތަމްރީން ލިބިއްޖެނަމަ ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި އެންމެ ފުރިހަމައަށް ގެންގޮސް ނިންމާލުމަކީ އެހާ އުދަނގޫ ކަމެއް ނޫން ކަމަށް އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ނާސިހާ އިދުރީސް ވިދާޅުވިއެވެ.

މިޓްރެއިނިން ކާމިޔާބުކަމާއެކު ނިންމާލުމަށް މިނިސްޓްރީ އޮފް ފިނޭންސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ އެހީތެރިކަން ލިބިފައިވެއެވެ.

Leave a Reply