ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހދ. ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ކަނޑައަޅުއްވައި ދެއްވައިފި.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަނޑުތަކާއި ޝަރުޠުތައް ހދ. ކުޅުދުއްފުށީގައި ހަމަވެފައިވާތީ، 2020 ޖަނަވަރީ 01 ން ފެށިގެން ހދ. ކުޅުދުއްފުއްޓަކީ ސިޓީއެއްކަމުގައި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ކަނޑައަޅުއްވާފައެވެ.

އެގޮތުން ޤާނޫނު ނަންބަރު 2010/7 (  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ) ގެ ދަށުން، ” ކުޅުދުއްފުށި ސިޓީ ކައުންސިލް ” ގެ ނަމުގައި ސިޓީ ކައުންސިލެއް، 2020 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އުފައްދަވައިފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

 

GDE Error: Error retrieving file - if necessary turn off error checking (404:Not Found)

Leave a Reply

Your email address will not be published. Required fields are marked *