އިޢުލާން

“ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރު އެކުލަވާލުން”

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެރަށެއްގައިމެ އެރަށެއްގެ ރަށުކައުންސިލް ނުވަތަ ސިޓީކައުންންސިލްގެ އޮފީހުގައި “ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރެއް” އޮންނަންވާނެކަމަގައި ވަޒީފާއަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވައިދުގެ 24ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަދި ސަރުކާރުގެ އެކި އިދާރާތަކުން އިރުޝާދު ދީފައިވާ ގޮތުގެ މަތީން ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރު އެކުލަވާލުމަށްޓަކައި ތިޔަ ފަރާތުގެ ނަމުގައި ހިންގާ ވިޔަފާރިތަކުގައި މަސައްކަތްކުރައްވާ ބިދޭސީ މުވައްޒަފުން އަދި އެމުވައްޒަފުންގެ އާއިލާ އެއްވެސް މެމްބަރެއް ކުޅުދުއްފުށީގައި ދިރިއުޅޭނަމަ އެފަރާތްތަކުގެ މަޢުލޫމާތު އެޓޭޗް ކުރެވިފައިވާ ފޯމެޓަށް އަޅުއްވާ މިއިދާރާއާއި ހިއްސާ ކުރެއްވުމަށް ދަންނަވަމެވެ.

ފޯމެޓަށް މަޢުލޫމާތު އެޅުއްވުމަށްފަހު ކައުންސިލްގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވާ.

 

Download (XLSX, 31KB)

 

Leave a Reply