ޚަބަރު

ހިނަވާގެ ކުރެހުމާއި ބިޑް ޑޮކިޔުމަންޓް ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކޮށްފި

ކުޅުދުއްފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހިނަވާގެ އިމާރާތުގެ ކުރެހުމާއި ބިޑް ޑޮކިޔުމަންޓް ތައްޔާރުކުރުމުގެ މަސައްކަތް ގްރީން ޑިޒައިންއާ މިއަދު ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ގްރީން ޑިޒައިންގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އަލްފާޟިލާ އައިމިނަތު އަބްދުﷲ އެވެ. އަދި ކުޅުދުއްފުށި ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަންއެވެ.

Leave a Reply