ޚަބަރު

ލޯކަލް ބަނދަރު ސަރަޙައްދުގައި ދަތުރު ހިޔާއެއް އިމާރާތްކުރުމަށް ވޭވްލެންތް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަޙައްދުގައި ދަތުރު ހިޔާއެއް އިމާރާތްކުރުމުގެ މަސައްކަތް ވޭވްލެންތު ޕްރައިވެޓް ލިމިޓެޑްއާއި މިއަދު ހަވާލުކޮށްފިއެވެ. ވޭވްލެންތު ޕްރައިވެޓް ލިމިޓެޑްއާއި މަސައްކަތް ޚަވާލުކުރުމަށް މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވޭވްލެންތުގެ ފަރާތުން ސޮއިކުރެއްވީ އެކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޔޫނުސް އިބްރާހީމްއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަންއެވެ.

 

Leave a Reply