ކައުންސިލް މެންބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

ނަން: ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަން

މަޤާމު:  ކައުންސިލްގެ ރައީސް

ހުވާކުރެއްވި ތާރީޚް:  03 ޖޫން 2017

ޒިންމާއާއި މަޝްއޫލިއްޔަތު:

ޙަވާލުކުރެވިފައިވާ ދާއިރާ: ޕްލޭނިންގ ފައިނޭންސް އެންޑް އެކޮނޮމިކް ޑިވެލޮޕްމަންޓް

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 4 ވަނަ ބާބުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އަދާކުރަމުން ގެންދިއުމާއި ރައްޔަތުންނަށާއި ސަރުކާރުގެ ފަރާތްތަކަށް ޖަވާބުދާރީވުން.

ރަށުގެ ތަރައްޤީގެ ޕްލޭންތައް ހެދުމާއި ރަށުގެ ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީގެ ދާއިރާގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުމާއި ކައުންސިލްގެ ބަޖެޓާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކައުންސިލާއި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ރާވާ ހިންގާ ބެލެހެއްޓުމުގެ އެންމެހާ ކަންކަން ކުރުމާއި ކައުންސިލަށާއި ސަރުކާރަށް އަދި ރައްޔަތުންނަށް ޖަވާބުދާރީވުން.

 


 

 

 

 

 

 

ނަން:  ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް ޢަލީ ހާޝިމް

މަޤާމު:  ކައުންސިލްގެ ނައިބުރައީސް

ހުވާކުރެއްވި ތާރީޚް:  03 ޖޫން 2017

ޒިންމާއާއި މަޝްއޫލިއްޔަތު:

ޙަވާލުކުރެވިފައިވާ ދާއިރާ: އެޑިއުކޭޝަން ހިއުމަން ރިސޯސަސް އެންޑް މީޑިއާ ކޯޑިނޭޓަރ

ޕްރީސްކޫލް ތަޢުލީމާއި ފަށާ ތަޢުލީމާއި މެދުމަދަރުސީ އަދި މަތީ ތަޢުލީމުގެ ކަންކަމާއި ބޮޑެތި މީހުންގެ ތަޢުލީމުގެ ކަންކަން އަދި އެކި ދާއިރާތަކުން މީހުން ބިނާކުރުމާއި އަދި މީޑިއާއާއި ގުޅުންހުރި ކަންކަން ކައުންސިލާއި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ރާވާ ހިންގުމުގެ އެންމެހާ ކަންކަން ކުރުމާއި ކައުންސިލަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ޖަވާބުދާރީވުން.

ޙަވާލުކުރެވިފައިވާ ދާއިރާ: މުނިސިޕަލް ސަރވިސް އެންޑް ލީގަލް އެފެއާޒް

ރައްޔަތުންނަށް ދެވޭ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްތަކާއި މިނޫނަސް ފޯރުކޮށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި މިއިދާރާއަށް ހުށަހެޅޭ ޤާނޫނީ ދާއިރާގެ އެންމެހާ ކަންކަން ސަރުކާރާއި ކައުންސިލްގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ހިންގާ ބެލެހެއްޓުމުގެ އެންމެހާ ކަންކަން ކުރުމާއި ކައުންސިލަށާއި ރައްޔަތުންނަށް ޖަވާބުދާރީވުން.

ދީނީ އެކި އެކި ޕްރޮގްރާމްތަކާއި ދީނާ ގުޅުން ހުރި ކަންކަން ކައުންސިލާއި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ރާވާ ހިންގުމުގެ އެންމެހާ ކަންކަން ކުރުން.


 

 

 

 

 

 

ނަން:  ކައުންސިލް މެމްބަރު އަލްފާޟިލް ޢަހްމަދު މުޙައްމަދު

މަޤާމު:  ކައުންސިލް މެމްބަރު

ހުވާކުރެއްވި ތާރީޚް:  03 ޖޫން 2017

ޒިންމާއާއި މަޝްއޫލިއްޔަތު:

ޙަވާލުކުރެވިފައިވާ ދާއިރާ: އިންފްރާ ސްޓްރަކްޗަރ އެންޑް ހައުސިންގ

ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި އިމާރާތް ކުރުން އަދި ރަށުގެ ރަށްވެހިކަމާއި، ގޯތިގެދޮރާއި ގުޅުން ހުރި ހުރިހާ ކަންކަން ސަރުކާރާއި ކައުންސިލްގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަރައްޤީކޮށް ހިންގާ ބެލެހެއްޓުމުގެ އެންމެހާ ކަންކަން ކުރުމާއި ކައުންސިލަށާއި ސަރުކާރަށް އަދި ރައްޔަތުންނަށް ޖަވާބުދާރީވުން.

ޙަވާލުކުރެވިފައިވާ ދާއިރާ: ފިޝަރީޒް އެގްރިކަލްޗަރ އެންޑް ޓްރާންސްޕޯޓް

ރަށުގެ މަސްވެރިކަމާއި ދަނޑުވެރިކަން އަދި އެއްގަމާއި ކަނޑު ދަތުރުފަތުރާއި ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ސަރުކާރާއި ކައުންސިލްގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަރައްޤީކޮށް ހިންގާ ބެލެހެއްޓުމުގެ އެންމެހާ ކަންކަން ކުރުމާއި ކައުންސިލަށާއި ރައްޔަތުންނަށް ޖަވާބުދާރީވުން.

 

 

 

 

 

 

ނަން: ކައުންސިލް މެމްބަރު އަލްފާޟިލާ ސަމާ ޢަލީ

މަޤާމު:  ކައުންސިލް މެމްބަރު

ހުވާކުރެއްވި ތާރީޚް:  03 ޖޫން 2017

ޒިންމާއާއި މަޝްއޫލިއްޔަތު:

ޙަވާލުކުރެވިފައިވާ ދާއިރާ: ހެލްތު ސޯސަލް ސެކިއުރިޓީ

ޕަބްލިކް ހެލްތު މަސައްކަތްތަކާއި ސިއްޙީ ޚިދުމަތްތަކާއި އެކަނިވެރި މައިންނަށާއި ދޮށީ އުމުރު ފުރާގެ މީހުންނަށް އަދި ފަޤީރުންނާއި މިސްކީނުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ސަރުކާރުގެ ސޯސަލް ސެކިއުރިޓީ ނިޒާމުގެ ތެރެއިން ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމާއި އަދި މިކަންކަމާ ގުޅޭގޮތުން ކައުންސިލަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ޖަވާބުދާރީވުން.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 4 ވަނަ ބާބުގެ 32 ވަނަ މާއްދާގައިވާ ކަންކަން ކުރުމާއި އެމާއްދާގެ “ނ” ގެ ދަށުން ޙަވާލުކޮށްފައިވާ އަންނަނިވި މަސްއޫލިއްޔަތު އަދާކުރުން.

ރަށުގެ ތިމާވެއްޓާއި ގުޅުންހުރި އެންމެހައި ކަންކަން ސަރުކާރާއި ކައުންސިލްގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ހިންގާ ބެލެހެއްޓުމުގެ އެންމެހާ ކަންކަން ކުރުމާއި މިއިދާރާގެ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސަރުކާރަށް އަދި ރައްޔަތުންނަށް ޖަވާބުދާރީވުން.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ބާރުވެރި ކުރުމާއި ކޮމެޓީއާއި ގުޅިގެން އެކިއެކި ޕްރޮގްރާމްތަށް ކައުންސިލާއި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ރާވާ ހިންގުމުގެ އެންމެހާ ކަންކަން ކުރުން.

 

 

 

 

 

 

ނަން:  ކައުންސިލް މެމްބަރު އަލްފާޟިލް މުޙައްމަދު ފަވާޛް

މަޤާމު:  ކައުންސިލް މެމްބަރު

ހުވާކުރެއްވި ތާރީޚް: 03 ޖޫން 2017

ޒިންމާއާއި މަޝްއޫލިއްޔަތު:

ޙަވާލުކުރެވިފައިވާ ދާއިރާ: ސްޕޯޓްސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަން

ކުލަބު ޖަމިއްޔާ ޖަމާއަތްތަކުގެ ދައުރު ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާއި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުން ކުރުމާއި ރަށުގެ އެކިއެކި ކުޅިވަރު ހަރަކާތްތަށް ހިންގުމާއި އެކަން ކުރިއެރުއްވުމަށް މަސައްކަތް ކުރުމާއި، ކައުންސިލް އިދާރާގެ އިދާރީ ގޮތުން ހިންގުމަށް ދުވަހުން ދުވަހަށް ކުރައްޖެހޭ އެންމެހާ ކަންކަން ކައުންސިލާއި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ރާވާ ހިންގުމުގެ އެންމެހޭ ކަންކަން ކުރުން. އަދި މިކަންކަމާ ގުޅޭގޮތުން ކައުންސިލަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ޖަވާބުދާރީވުން.