Number :2024
Due Date :August 05, 2024

ރައިޓް ސައިޑް އޮފް ލައިފް ސަރވޭ އަށް އެނިއުމަރޭޓަރސް ހޯދުން

ރަށުން ނެގޭ ސާމްޕަލްގެ އަދަދު: 46

ބޭނުންވާ އެނިއުމަރޭޓަރުންގެ އަދަދު: 2 އަންހެން 2 ފިރިހެން

އެނިއުމަރޭޓަރުންގެ ޓީމްތަކުގެ އަދަދު: 2 (ކޮންމެ ޓީމެއްގައި އެއް އަންހެން އަދި އެއް ފިރިހެން އެނިއުމަރޭޓަރ)

ޓްރެއިނިންގ: ކުޅުދުއްފުށީގައި 1 ދުވަސް – 5 އޮގަސްޓް 2024

ސަރވޭގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތާރީޚް: 6-8 އޮގަސްޓް 2024

މަސްޢޫލިއްޔަތު:

1."ރައިޓްސް ސައިޑް އޮފް ލައިފް" ސަރވޭގައި ބައިވެރިވުމުގެ ކުރިން ސަރވޭގެ މައުލޫމާތު ދިނުމަށްޓަކައި ބޭއްވޭ އެދުވަހުގެ ޓްރެއިނިންގގައި ބައިވެރިވުން. މި ޓްރެއިނިންގ ގައި ބައިވެރިވުމަށްޓަކައި އަތޮޅުގެ އެހެން ރަށަކަށް (އެއް ދުވަހުގެ ދަތުރެއް) ކުރަން ޖެހުމަކީ އެކަށީގެންވާކަމެކެވެ.

2.އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން ކޮމިޝަނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސާރވޭ "ރައިޓްސް ސައިޑް އޮފް ލައިފް: ސަރވޭ ހެދުމަށްޓަކައި ގޭގެއަށް ގޮސް މީހުންނާއި ބައްދަލުކޮށް ސަރވޭ ފޯމް، މި ފޯމް ފުރަންޖެހޭ އަދަދު ކަނޑައެޅޭނީ ރަށުގެ އާބާދީއަށް ބެލުމަށްފަހު ނެގޭ ސާމަޕަލްއަކުންނެވެ. 

އެނިއުމަރޭޓަރސްގެ ގޮތުގައި ނަގާ ފަރާތްތަކުގެ ޝަރުތުތައް:

1. އުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން.

2. ހުކުމް ތަންފީޛުކުރަމުންދާ ފަރާތެއްކަމަށް ނުވުން. 

3. އޯލެވެލް އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ފަރާތެއްކަމުގައިވުން.

4. ފަސޭހަކަމާއެކު ޓެބްލެޓް ބޭނުންކުރަން ދަންނަ ފަރާތެއްކަމުގައިވުން.

5. އޮބްޖެކްޓިވްކޮށް އަދި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން. 

6. އިރުޝާދުތަކަށް ޢަމަލުކުރުން. ސަރވޭގައި މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވަނީ ދެ މީހުންގެ ޓީމެއްގައި ކަމުން އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަންހުރުން އަދި ގިނަ ވަގުތު މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.  

7. ފްލެކްސިބަލްކޮށް އަދި ކުއްލި ހާލަތުގައި މަސައްކަތް ކުރަން ތައްޔާރަށް ތިބުން. 

8. އެންމެހާ މަސައްކަތްކުގައި ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން. 

9. ކުރީގެ ސަރވޭއެއްގައި ބައިވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ:

1. ފުރާ ކޮންމެ ސަރވޭ ފޯރމަކަށް -/75 (ހަތްދިހަ ފަސް ރުފިޔާ)

2. ޓްރެއިނިންގގައި ބައިވެރިވާ ދުވަހަށް -/100 (ސަތޭކަ ރުފިޔާ)

3. -/50 (ފަންސާސް ރުފިޔާ) މޮބައިލް ޑޭޓާ

Reactions

Share

ޝެއަރ ކުރުމަށް

All Rights Reserved (c) 2023

kulhudhuffushi city council