ނަންބަރު : (IUL)266-ED/266/2024/153
-
ހަމަވާ ތާރީޚް : -

ބިދޭސީން ބައިވެރިވެގެން ޤަވާއިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރި ރިޕޯޓް ކުރުން

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ.

އެގޮތުން ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ބިދޭސީން ބައިވެރިވެގެން ކުރަމުންގެންދާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް ގެންދަވަނީ އަޅުއްވަމުންނެވެ. ބިދޭސީން ބައިވެރިވެގެންކުރާ ކޮންމެ ވިޔަފާރިއަކީވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުއްދަ ހޯދައި، ރަޖިސްޓްރީ ކޮށްގެން ކުރަންޖެހޭ ވިޔަފާރިއެކެވެ. އަދި ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރިކުރުން މަނާ ދާއިރާތަކުގެ ގޮތުގައި އެވުޒާރާގެ ފަރާތުން ކަނޑައަޅުއްވާފައިވާ ދާއިރާތަކުގެ ލިސްޓް މިއިޢުލާނާއިއެކު އާންމުކުރެވިފައި އެވަނީއެވެ.  

މި މުހިއްމު މަސައްކަތް ކާމިޔާބުކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން، ރާއްޖޭގައި ކުރުން މަނާ ދާއިރާތަކުގައި ބިދޭސީން ބައިވެރިވެގެން ކުރަމުންގެންދާ ވިޔަފާރިތަކާއި، އެފަރާތްތަކުން ރަޖިސްޓްރީނުކޮށް ކުރާ ވިޔަފާރިތަކުގެ މަޢުލޫމާތު އެއްކޮށް، ތަންފީޛީ އިދާރާތަކަށް ރިޕޯޓްކުރުމުގެ މަސައްކަތް ކުރުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ.

މިފަދަ ވިޔަފާރިއަކާއި ބެހޭ މަޢުލޫމާތު އެނގިލައްވާނަމަ، ރަސްމީ ދުވަސްތަކުގެ ރަސްމީގަޑީގައި، މިއިދާރާގެ ނަންބަރު 6527165 އަށް ގުޅުއްވައިގެން ނުވަތަ ތިރީގައިވާ ފޯމު މެދުވެރިކޮށް، އެމަޢުލޫމާތު ހިއްސާކޮށްދެއްވުން އެދި ދަންނަވަމެވެ.

ފޯމް: https://shorturl.at/dmFQ3

All Rights Reserved (c) 2023

kulhudhuffushi city council