ކުޅުދުއްފުށި ސިޓީ

އާބާދީ (ޖުމްލަ)11171
އާބާދީ (ފިރިހެން)5601
އާބާދީ (އަންހެން)5570
ގޭބިސީ3119
ބިމުގެ ބޮޑުމިން (ހެކްޓަރުން)247
Slide 1
Slide 2
Slide 3
Slide 4
Slide 5
Slide 6

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓަކީ ގުދުރަތީ ގޮތުންނާއި ސަގާފީ ގޮތުންނާއި އާދަކާދައިގެ ގޮތުން ވަރަށް ފާހަގަ ކޮށްލެވޭ ރަށެކެވެ. ރަށުގެ މީހުންނަކީ ސަމާސާ މިޒާޖެއްގެ އެކުވެރި ހީވާގި މަސައްކަތްތެރި ބައެކެވެ.

ތިލަދުންމަތީގައި މީހުން އާބާދުވެ ދިރިއުޅޭ ރަށްތަކުގެ ތެރެއިން ބިމުގެ ގޮތުން އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ހިމެނެއެވެ. ރަށުގެ ބޮޑުމިނުގައި 247 ހެކްޓަރު ހުރެއެވެ.

ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގައި އޮތް އެންމެ އާބާދީ ބޮޑު ރަށެވެ. މުޅި ރާއްޖެއިން ތިންވަނައަށް އެންމެ އާބާދީ ބޮޑީ ވެސް ކުޅުދުއްފުށީގައެވެ. ރަށުގެ ރައްވެހިންގެ ގޮތުގައި 2024 ވަނަ އަހަރުގެ ޖުލައިމަހުގެ ނިއަލަށް 10857 (ދިހަހާސް އަށްސަތޭކަ ފަންސާސް ހަތެއް) މީހުން އެބަތިއްބެވެ. ގިނަ ޚިދުމަތްތަކެއް ރަށުން ލިބެން ހުރުމާއިއެކު އަތޮޅުތެރޭގެ ރަށްރަށުންނާއި އަދި އެހެނިހެން ހިސާބުތަކުން މި ރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުންނާއިއެކު ކުޅުދުއްފުށީގައި ތޭރަހާހެއްހާ މީހުން މިހާރު ވެސް ދިރިއުޅެމުން ގެންދެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ބޮޑުތިލަދުންމަތީގެ އެންމެން ސިއްހީ ހިދުމަތަށް ބަރޯސާވާ ހޮސްޕިޓަލެވެ. މިއީ މާލެއިން އުތުރުގައި ހުރި އެންމެ ރަނގަޅު ސިއްހީ ޚިދުމަތްލިބޭ ތަނެވެ. މި ހޮސްޕިޓަލުން އެންމެ އުތުރުގެ ތިން އަތޮޅުގެ ގިނަބަޔަކު ކޮންމެ ދުވަހަކު ވެސް ޚިދުމަތް ހޯދަމުންދެއެވެ. މި ރަށުގައި ހޮސްޕިޓަލްގެ އިތުރުން ރަނގަޅު ފެންވަރުގެ ޚިދުމަތްލިބޭ ކުލިނިކްތަކާއި ގިނަ ބޭސް ފިހާރަތައް މިހާރު ވެސް ހުރެއެވެ.

ރާއްޖޭގެ ނިސްބަތުން ބަލާއިރު ކުޅުދުއްފުއްޓަކީ ތައުލީމީ ފުރުޞަތުތައް އެންމެ ފުޅާވެފައިވާ އެއް ރަށެވެ. މިގޮތުން ރަށުގައި ސަރުކާރުގެ ތިން ސްކޫލެއް މެދުވެރިކޮށް ފައުންޑޭޝަން ލެވެލްއިން ފެށިގެން މަތީ ސާނަވީއާހަމައަށް މިހާރު ވެސް އަންނަނީ ތަޢުލީމް ފޯރުކޮށްދެމުންނެވެ. މީގެއިތުރުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް ދަނާލާއިއެކު ހުރެއެވެ. އަދި ވިލާ ކޮލެޖާއި އެމްއައި ކޮލެޖްގެ ކެމްޕަސްތަކުގައި ގިނަ ކޯސްތަކެއް ހިންގަމުން އާދެއެވެ. މީގެ އިތުރުން އަމިއްލަ މީހުން ހިންގާ ޕްރިސްކޫލުން ފެށިގެން ގޮސް ފެންވަރު ރަނގަޅު ޤްރުއާން ކްލާސްތަކާއި ޓިއުސަން ޝެންޓަރުތައް އަންނަނީ ހިންގަމުންނެވެ.

ރާއްޖޭގެ އުތުރުގެ އިޤްތިޞާދުގެ މައި ހަބަކީ ކުޅުދުއްފުއްޓެވެ. ރަށުގައި ރީޓެއިލް ވިޔަފާރިއާއި ހޯލްސޭލް ވިޔަފާރި މިހާރު ވެސް އަންނަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. އެކިއެކި ބޭނުންތަކުގައި ބޮޑު ތިލަދުންމަތީގެ ރަށްތަކުގެ އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް މިރަށަށް ޒިޔާރަތްކުރެއެވެ.

ޒަމާނުއްސުރެ ކުޅުދުއްފުށީގައި މާލެއާއި އެ ރަށާ ދޭތެރޭ ދަތުރުކުރާ ރަނގަޅު ފެންވަރުގެ ބޮޑެތި ކަނޑު ބޯޓުފަހަރު އޮވެއެވެ. ރަށުގެ ވިޔަފާރިވެރިން އޮޕަރޭޓްކުރާ މި ބޯޓްތަކުން މި ރަށަށާއި އެ ސަރަހައްދުގެ ރަށްތަކަށް ބޭނުންވާ ގިނަ މުދާ މާލެއިން ގެނައުމުގެ އިތުރުން އެ ނެޓްވޯކްތެރެއިން ގިނަބަޔަކު މާލެ ގޮސް އައިސް ހަދައެވެ. މިރަށުގައި ލޯކަލް ދެ ބަނދަރާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރެއް އޮވެއެވެ.

ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް ރަސްމީކޮށް ހުޅުވައި ޚިދުމަތް ފޯރުކޮށްދޭން ފެށީ 2018 ވަނަ އަހަރެވެ. މި ރަށުން ވައިގެމަގުން މާލެ ދަތުރު ކުރެވެން ފެށުމާއިއެކު އެ ސަރަހައްދުގެ ގިނަ ބަޔަކު މިހާރު އަންނަނީ އެކަމުގެ ފަސޭހަތައް ލިބިގަންނަމުންނެވެ. އަދި އެ ވައިގެ ބަނދަރު ވެގެން ގޮސްފައި ވަނީ ކުޅުދުއްފުށީ ވިޔަފާރިތަކަށް ވެސް ލިބިގެންދިޔަ ފަސޭހައަކަށެވެ.

މި ރަށުގައި މިހާރު އެންމެ ފުޅާކޮށް ކުރިއަރަމުން އަންނަ ދާއިރާތަކުގެ ތެރޭގައި ވިޔަފާރިއާއި ދަތުރުފަތުރު ކުރުމުގެ ދާއިރާގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާ ހިމެނެއެވެ.

ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ ކުޅުދުއްފުށީގައި މިހާރު ވެސް ސަރަހައްދީ ގިނަ މަރުކަޒުތަކެއް ހުރެއެވެ. އޭގެތެރޭގައި ފުލުހުންނާއި ސިފައިންގެ މަރުކަޒާއި، އެސްޓީއޯ ރީޖަނަލް ފިހާރައާއި ކަސްޓަމްސް އޮފީހާއި މީރާގެ އޮފީހަކާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބްރާންޗެއްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބްރާންޗެއް ހުރެއެވެ.

ކުޅުދުއްފުށީގައި ޒޯން ސްޓޭޑިއަމެއް ވަނީ ތަރައްޤީ ކޮށްފައެވެ. މީގެ އިތުރުން ވެސް ރަށުގައި ބޮޑު ދެ ފުޓްބޯޅަ ދަނޑު އޮވެއެވެ. އަދި ބެޑްމިންޓަން އެރީނާއަކާއި ސްވިމިން ޓްރެކެއް ވެސް ވަނީ އަޅާފައެވެ.

ކުޅުދުއްފުއްޓަށް ލިބިފައިވާ ހާއްސަ ކަންތައްތަކުގެ ތެރޭގައި އެ ރަށުގައި އޮންނަ ބޮޑު މަށި ކުޅި ހިމެނެއެވެ. އެއީ ރާއްޖޭގައި އޮތް ހަމައެކަނި މަށި ކުޅިއެވެ. ވަށައިގެން ބްރެވި ގަސްތައް ހެދިފައި އޮންނަ މި ކުޅިއަކީ ގުދުރަތީ ހިތްގައިމުކަން ވަރަށް ފުރިހަމައަށް ލިބިފައިވާ ތަނެކެވެ.

ޒަމާނުއްސުރެ މަސައްކަތްތެރި ހީވާގި ރައްޔިތެއް ދިރިއުޅޭ ކުޅުދުއްފުށީގައި މިހާރު ވެސް ރާވެރިކަމާއި މަސްވެރިކަމާއި އޮޑިދޯނި ބަނުންފަދަ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ކުޅުދުއްފުއްޓަށް މަޝްހޫރު ކަނބުރުވެރި މަސައްކަތް އެ ރަށުގައި އަދި ވެސް ހުއްޓުމެއް ނެތި އަންނަނީ ކުރަމުންނެވެ.

ކުޅުދުއްފުށީގެ ކަނބަލުންނަކީ ވެސް ނިކަން މުރާލި ބައެކެވެ. ޒަމާނުއްސުރެ މި ރަށުގެ އަންހެން ވެރިން އާމްދަނީ ހޯދުމަށް ކުރަމުން އަންނަ އެއް މަސައްކަތަކީ ރޯނު ވެށުމެވެ. އެ މަސައްކަތް މިހާރު ވެސް މި ރަށުގައި އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން މުޅި ރާއްޖެއަށް މަޝްހޫރު ކުޅުދުއްފުށީ ހާލު ފޮޅިއާއި ފަތުލި ހަކުރާއި މަސްބޮނޑި ފަދަ އުފެއްދުންތަކަކީ މި ރަށުގެ ހީވާގި ކަނބަލުންގެ އުފެއްދުންތަކެވެ.

ކުޅުދުއްފުށީ މީހުންނަކީ އެ މީހުންގެ ސަގާފަތްތައް ދެމެހެއްޓުމަށް ވަރަށް ލޯބިކުރާ ބައެކެވެ. މިގޮތުން އެންމެ ކުރީ ޒަމާނުއްސުރެ އެ ރަށުގައި ބާއްވަމުން އަންނަ މަށިމާލި ޕެރޭޑާއި ހިއްޗަށް ވަޑައިގަތުމުގެ އިތުރުން ދަމު ހިނގުންފަދަ ހަރަކާތްތައް އެކި އީދުތަކާއި ގުޅުވައިގެން މިހާރު ވެސް މި ރަށުގައި ކުރިއަށްދެއެވެ.

ޑައިރެކްޓަރީ

HDH Atoll Council
6528801ހދ. އަތޮޅު ކައުންސިލް އިދާރާ
Kulhudhuffuhi Regional Hospital
6528864ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
Kulhudhufushi Ports Limited
6528149ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް
Kulhudhuffushi Police Station
6528851ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން
MNDF Kulhudhuffushi
6528118އެމް.އެން.ޑީ.އެފް ކުޅުދުއްފުށި
Kulhudhuffushi Customs
3322001ކުޅުދުއްފުށީ ކަސްޓަމްސް
Maldives Immigration North Regional Office
6528156މޯލްޑިވްސް އިމިގުރޭޝަން ނޯތު ރީޖަނަލް އޮފީސް
Public Work Service
6527159ކުޅުދުއްފުށީ ޕަބްލިކް ވާރކްސް ސަރވިސް
Road Developmed Corporation (RDC)
9990250ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
Gender
6528277ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސަސް ސެންޓަރ
Kulhudhuffushi Magistrate Court
6528832ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓް
Prosecutor General's Office
6528250ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ކުޅުދުއްފުށި (ޕީޖީ)
BML - Kulhudhuffushi Branch
6528813ބޭންކު އޮފް މޯލްޑިވްސް ކުޅުދުއްފުށީ ބުރާންޗް
MIB
6528111މޯލްޑިވްސް އިސްލާމިކް ބޭންކް ކުޅުދުއްފުށީ ބުރާންޗް
Kulhudhuffushi Post Office
6528865ކުޅުދުއްފުށީ ޕޯސްޓް އޮފީސް
MIRA Kulhudhuffushi Branch
6528340މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)
Business Development Center
7917089ބިޒުނަސް ޑިވެލޮޕްމަންޓް ސެންޓަރ
Dhiraagu
6520003ދިރާގު
Ooredoo
9621929އުރީދޫ
MWSC Kulhudhuffushi
6528295އެމް.ޑީބުލިއު.އެސް.ސީ ކުޅުދުއްފުށި
Island Beverages Maldives
7933388އައިލެންޑް ބެވަރޭޖް މޯލްޑިވްސް
Kulhudhuffushi Airport
6520200ކުޅުދުއްފުށީ އެއަރޕޯޓް
HDH Atoll Education Center
6528817ހދ. އަތޮޅު ތައުލީމީ މަރުކަޒު
Jalaluddin School
6528815ޖަލާލުއްދީން ސްކޫލް
Afeefuddin School
6528041އަފީފުއްދީން ސްކޫލް
MNU Kulhudhuffushi Campus
6527761އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް
Audit Office
3348249އޮޑިޓް އޮފީސް
STO Kulhudhuffushi Shop
3012578އެސްޓީއޯ ކުޅުދުއްފުށި ފިހާރަ
Fenaka Kulhudhuffushi Branch
6528849ކުޅުދުއްފުށީ ބުރާންޗް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
Zone Stadium
7796159ކުޅުދުއްފުށީ ސިޓީ ސްޓޭޑިއަމް
MRC
9179017ރެޑްކްރެސެންޓް

All Rights Reserved (c) 2026

kulhudhuffushi city council