ނަންބަރު : (IUL)266-ED/266/2024/156
-
ހަމަވާ ތާރީޚް : -
ހޮނިހިރު ބާޒާރު ބާއްވާ ސަރަހައްދުގައި ވިޔަފާރި ކުރުމާއި ގުޅޭ
ކުޅުދުއްފުށި ސިޓީއަށް ހާއްސަ، ހޮނިހިރު ބާޒާރަކީ ބޮޑު ތިލަދުންމަތީގެ ދަނޑުވެރި ވިޔަފާރިތަކާއި، ހޯމްބޭސްޑް ވިޔަފާރިވެރިންގެ އުފެއްދުންތައް މާރކެޓްކޮށް، ވިއްކުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ޒަމާނުއްސުރެ ކޮންމެ ހޮނިހިރު ދުވަހަކު ބާއްވަމުން އަންނަ އަދި ބޮޑު ތަރުހީބެއް ލިބެމުން އަންނަ، މުހިއްމު އިޤްތިޞާދީ ހަރަކާތެކެވެ.
ނަމަވެސް، ހަފްތާގެ އެހެން ދުވަސްތަކުގައި ހޮނިހިރު ބާޒާރު ބާއްވާ ސަރަހައްދުގައި ދަނޑުވެރިކަމުގެ އުފެއްދުންތަކާއި އަދި އެހެނިހެން ބާވަތްތަކުގެ މުދާ ވިއްކަމުން އަންނަކަން ދަނީ ފާހަގަކުރެވެމުންނެވެ.
ވީމާ، ހޮނިހިރު ބާޒާރު ސަރަހައްދުގައި ވިޔަފާރިކުރެވޭނީ ހަމައެކަނި ހޮނިހިރު ދުވަސްތަކުގެ ހެނދުނު 06:00އިން މެންދުރުފަހު 16:00 އަށް ކަމުގައި ކަނޑައަޅާ، މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާންކުރަމެވެ.