ނަންބަރު : (IUL)266-PD/266/2025/64
-
ހަމަވާ ތާރީޚް : -

ފިހާރަތަކުގެ މުދަލުގައި އަގު ނުޖަހަ ހުރުމާއި ގުޅޭ

      ކުޅުދުއްފުށީ ސިޓީގެ ބައެއް ފިހާރަތަކުން ވިއްކާ މުދަލުގައި އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން މި އިދާރާއަށް ލިބެމުންދާތީ ދަންނަވަމެވެ. ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބަހައްޓައިގެން ނުވާނެއެވެ.

      ވީމާ ކުޅުދުއްފުށި ސިޓީގައި މުދާ ވިއްކާ އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވާ، ވިއްކާ މުދަލުގެ އަގު ސާފުކޮށް އެނގޭނެހެން ވިއްކަން ބަހެއްޓުމަށް އަންގަމެވެ.

All Rights Reserved (c) 2023

kulhudhuffushi city council