ނަންބަރު : (IUL)266-PD/266/2025/65
-
ހަމަވާ ތާރީޚް : 24 މާޗް 2025
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ކުޅުދުއްފުށި ސިޓީން ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގައި ނަންނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލައިފި
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އިންތިޒާމްކުރާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި ކުޅުދުއްފުށި ސިޓީއިން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގައި ނަންނޯޓްކުރުމަށް ހުޅުވާލަމެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ.
ލިންކް: https://forms.office.com/r/LM4cCv7ppg.
މައުރަޒާ ގުޅޭ އިތުރު މަޢުލޫމާތު www.expo.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އިޢުލާނާއެކު މި މައުރަޒާއި ގުޅޭގޮތުން އާންމުކޮށް އުފެދޭ ސުވާލުތަކާއި، ސުވާލުތަކުގެ ޖަވާބު އާންމުކުރެވިފައިވާނެއެވެ.
ފޯމު ހުށަހެޅުމުގެ ސުންގަޑި: 24 މާރޗް 2025 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން.