ނަންބަރު : (IUL)266-PD/266/2025/75
-
ހަމަވާ ތާރީޚް : -

ވިޔަފާރީގެ ބޭނުމަށް މަސްވެރިކަންކުރާ ފަރާތްތަކުން ނަންގަވަންޖެހޭ ލައިސަންސްތަކާއި ގުޅޭ

އިޢުލާން

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން 13 އޭޕްރީލް 2025 އިން ފެށިގެން އެވުޒާރާގެ އިންފޮމޭޝަން ސިސްޓަމް https://keyolhu.mv މެދުވެރިކޮށް، އަންނަނިވި ފަރާތްތަކުން ލައިސަންސް ނަންގަވަންޖެހޭނެ ކަމަށް އެވުޒާރާގެ ނަންބަރު 30-CD2/CIR/2025/6 (09 އޭޕްރީލް 2025) ސަރކިއުލަރ އިން އާންމުކޮށްފައިވާތީ، އެކަން އާންމުކޮށް އިޢުލާނުކުރަމެވެ.

(1)   ވިޔަފާރީގެ ބޭނުމަށް ހުއިފިލަނޑާގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛

(2)   ވިޔަފާރީގެ ބޭނުމަށް ހުއިފިލަނޑާ ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކައި ތަންތަން؛

(3)   ވިޔަފާރީގެ ބޭނުމަށް ފަރުމަހުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛

(4)   ވިޔަފާރީގެ ބޭނުމަށް ނުވަތަ އެކްސްޕޯޓުކުރުމަށް ފަރުމަސް ޕްރޮސެސްކުރުމުގައްޔާއި ތައްޔާރުކުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކައި އުޅަނދުފަހަރާއި ތަންތަން؛

(5)   އެކްސްޕޯޓުކުރާ ފަރާތްތަކަށައި ރިސޯޓުތަކަށް މެދުވެރިއެއްގެ ގޮތުން ފަރުމަހުގެ ބާވަތްތައް ވިއްކާ ފަރާތްތައް ނުވަތަ ކުންފުނިތައް ނުވަތަ ކަލެކްޓަރ އުޅަނދުތައް.

މިކަމާއި ގުޅޭ ސަރކިއުލަރ މިއިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެވުޒާރާގެ ނަންބަރު 3339270 ނުވަތަ 3339272 އާ ގުޅުއްވުން އެދެމެވެ.

‏15‏ ޝައްވާލް‏ 1446

‏14‏ އޭޕްރިލް‏ 2025

All Rights Reserved (c) 2023

kulhudhuffushi city council