ފަތުރުވެރިންގެ މަޢުލޫމާތު ޓުއަރިޒަމް ޑެސްކާއި ހިއްސާކުރުމާ ގުޅޭ
މިއިދާރާއިން ފާސްކޮށް، 06 ޖޫން 2024 ވަނަ ދުވަހުން ފެށިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުކޮށް އަމަލުކުރަން ފަށާފައިވާ ހޯމްސްޓޭ، ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ހިންގުމުގެ އުޞޫލާއި ގުޅިގެން ދަންނަވަމެވެ. މި އުޞޫލުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެވަގުތަކު ރަށުގައި ތިބި ޖުމްލަ ފަތުރުވެރިންގެ އަދަދާއި ފަތުރުވެރިން ތިބޭ ތަންތަނުގެ މަޢުލޫމާތަކީ، މިއުޞޫލުގެ ދަށުން މިއިދާރާގައި ގާއިމުކުރެވިފައިވާ ޓުއަރިޒަމް ޑެސްކުން އަދާ ހަމަކޮށް ބަލަހައްޓަމުން ގެންދަންޖެހޭ މަޢުލޫމަތެކެވެ.
ވީމާ، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން ބައިތިއްބާ އެންމެހާ ފަރާތްތަކުން، ތިރީގައިވާ ލިންކް މެދުވެރިކޮށް ސިޓީއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު މިއިދާރާއާއި ހިއްސާކުރެއްވުން އެދި ދަންނަވަމެވެ.
ޓުއަރިސްޓް އެރައިވަލް ރެޖިސްޓްރޭޝަން ފޯމުގެ ލިންކް: https://forms.office.com/r/aPySQEDvYP
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކުޅުދުއްފުށީ ކައުންސިލްގެ ޓުއަރިޒަމް ޑެސްކްގެ ނަންބަރު 7971621 އަށް ގުޅުއްވައިގެން ނުވަތަ ތިރީގައިވާ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
ހޯމްސްޓޭ، ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ހިންގުމުގެ އުޞޫލު: https://www.gazette.gov.mv/iulaan/294242