ޕަންޗް ނީޑްލީންގ ދަސްކޮށްދިނުމުގެ ތަމްރީން ކޯހުގައި ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެޓްމޮސްފިއަރ ފައުންޑޭޝަން ގުޅިގެން ހިންގާ ޕަންޗް ނީޑްލީންގ ދަސްކޮށްދިނުމުގެ ތަމްރީން ކޯހުގައި ގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މި ތަމްރީން ކޯހުގައި ކިޔަވައިދެއްވާނީ އަލްފާޟިލާ އާމިނަތު ޝިހާނާ، މަޝްހޫރު ނަމުން ނަމަ، "އާބުޑީ" އެވެ.
މި ތަމްރީން ކޯހަކީ އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނަށް، އާމްދަނީ ހޯދުމަށް މަގު ތަނަވަސް ކުރުމަށާއި، އެކަނބަލުންގެ ހުނަރުވެރިކަން އިތުރުކޮށް އަތުން އުފައްދާ އުފެއްދުންތައް އިތުރު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި، އަންހެނުންގެ މެދުގައި ވިޔަފާރި ކުރުމުގެ ރޫހު އުފައްދައި، އަމިއްލަ ނަފްސަށް ބަރޯސާ ވުމަށް ހިތްވަރު ލިބިދިނުމަށާއި އަދި ދިވެހި އުފެއްދުންތަކުގެ އަގު ހިފެއްހެއްޓުމާއި އެ އުފެއްދުންތަކަށް ބާޒާރުން ޖާގަ ހޯދުމަށް އެހީތެރިވެދިނުމުގެ މަޤްސަދުގައި ހިންގޭ ކޯހެކެވެ.
މި ކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ޖުލައި 2025 އިން 18 ޖުލައި 2025 އަށް، ލަގޮނޑި މާލިމީ މަލާމުގަ (އެން.އޯ.ސީ އިމާރާތުގެ 02 ވަނަ ފަންގިފިލާ) އެވެ. މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށި ސިޓީއިން ޖުމްލަ 20 ފަރާތަކަށް ލިބިލައްވާނެއެވެ.
މި ކޯހުގައި ރަޖިސްޓަރ ވާ ފަރާތްތަކުގެ ތެރެއިން ބައިވެރިވުމުގެ ފުރުޞަތު ލިބިލައްވާނެ ފަރާތްތައް ހޮވުމުގައި ޕޮއިންޓްދޭނެ ގޮތުގެ ތަފްޞީލް އަދި މި ތަމްރީން ކޯސް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލް މި އިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ.
ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވެލެއްވުން އެދެމެވެ.