ނަންބަރު : (IUL)266-WDC/266/2025/267
-
ހަމަވާ ތާރީޚް : 25 ނޮވެމްބަރ 2025

"ޕޭސްޓްރީ ކޯސް 2025" ގައި ބައިވެރިވުމުގެ ފުރުސަތު

ޕޭސްޓްރީކޯސް2025

          މިކޯހަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުޅުދުއްފުށީ ސިޓީގައި ދިރިއުޅޭ އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ހިންގަން ހަމަޖެހިފައިވާ ޕޭސްޓްރީ ލެވެލް 1 އަދި 2 ކޯހެކެވެ. މިކޯހުގެ މަޤްސަދަކީ އަންހެނުން ބާރުވެރިކުރުމާއި ގޭގައި ތިބެގެންވެސް އަންހެން ބޭފުޅުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ފަދަ ވިޔަފާރިއެއް ކުރުމުގެ ފުރުސަތު މަގުފަހިކޮށްދިނުމެވެ. މި ކޯހުގައި ބައިވެރި ވެވެނީ ޖުމްލަ 40 ބައިވެރިންނަށެވެ. ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ރަޖިސްޓަރ ކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، 25 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، ލިންކު https://forms.office.com/r/76MjkHwGe8  މެދުވެރިކޮށް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

All Rights Reserved (c) 2025

kulhudhuffushi city council