މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ކުޅުދުއްފުށި ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށް އަދި ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަޢާރަފްކޮށްފައިވާ، މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ.
މި ސްކީމްގެ ދަށުން ފައިސާ ދޫކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުޞޫލާއި ސްކީމަށް އެދި ހުށައަޅާ ފޯމު މި އިއުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.
އަދި މި ސްކީމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ 02 ސެޝަނެއް ތިރީގައިވާ ތާވަލާ އެއްގޮތަށް އެން.އޯ.ސީ އިމާރާތު ލަގޮނޑި މާލިމީ މަލަމުގައި (02 ވަނަ ފަންގިފިލާ) އޮންނާނެއެވެ.

މި ސްކީމްގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން މިކަމަށް އެދޭ ފޯމާއި، ލިޔެކިޔުންތައް ތިރީގައިވާ އީމެއިލް މެދުވެރިކޮށް، 21 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.
އީމެއިލް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ފޯން 6527153 އަށް ގުޅުއްވުން އެދެމެވެ.