ނަންބަރު : (IUL)266-PD/266/2025/277
-
ހަމަވާ ތާރީޚް : 11 ޑިސެމްބަރ 2025

ޑަބްލިޔު.ޑީ.ސީ އެކްސްޕޯ ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

ޑަބްލިޔު.ޑީ.ސީއެކްސްޕޯގައިބައިވެރިވުމުގެމުއްދަތުއިތުރުކުރުން

ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން 16 ނޮވެންބަރ 2025 ގައި ބައިވެރިވުމަށް ހުޅުވާލާފައިވާ "ޑަބްލިޔު.ޑީ.ސީ އެކްސްޕޯ 2025" ގައި ބައިވެރިވުމުގެ މުއްދަތުވަނީ 11 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައެވެ. އަދި އެކްސްޕޯ އޮންނަ ތާރީޚް މިހާރު ވަނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހަށް ބަދަލުކުރެވިފައެވެ.

މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ނުވަތަ ކުޅުދުއްފުށީގައި ދިރިއުޅުއްވާ ބޭފުޅުންގެ ތެރެއިން 30 އަންހެން ބޭފުޅަކަށާއި 10 ފިރިހެން ބޭފުޅަކަށެވެ. އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީވާ ތަރުތީބުންނެވެ.

މިއެކްސްޕޯއާއިގުޅޭއިތުރުމަޢުލޫމާތުހިމެނޭއުޞޫލުމިއިޢުލާނާއިއެކުއެއްކަރުދާސްކުރެވިފައިވާނެވެ.

ވީމާ، މި އެކްސްޕޯގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ބޭފުޅުން 11 ޑިސެމްބަރ 2025 ގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އެކްސްޕޯގައި ރަޖިސްޓްރީވެލެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6527202  ނުވަތަ 6527201 އަށް ގުޅުއްވުން އެދެމެވެ.

ރެޖިސްޓްރޭޝަން ލިންކް:  ރެޖިސްޓްރޭޝަން- ޑަބްލިޔު.ޑީ.ސީއެކްސްޕޯ2026 Filloutform

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

All Rights Reserved (c) 2025

kulhudhuffushi city council