ނަންބަރު : (IUL)266-A/266/2026/89
-
ހަމަވާ ތާރީޚް : -

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ 2 ޑަމްޕް ޓްރަކް ސިޓީލާ ނީލަމުގައި ވިއްކާލުން

މި އިދާރާގައި ބޭނުންކުރަމުންދިޔަ 2 ޑަމްޕް ޓްރަކް (4 ޓަންISUZU - PRESTIGE BS- IV) ހަލާކުވެ ބޭނުން ނުކުރާތީ، ސިޓީ ލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. މި 2 ޑަމްޕް ޓްރަކްގެ ރަޖިސްޓްރީ ވަނީ ބާތިލް ކުރެވިފައެވެ.

1-ޑަމްޕްޓްރަކް4ޓަން(ISUZU|PRESTIGEBS-IV|MBUWEL4XMS0267046)ގެނީލަންފެށޭއަގަކީ106,278.78(ސަތޭކަހަހާސް ދުއިސައްތަހަތްދިހައަށްރުފިޔާހަތްދިހައަށްލާރި)އެވެ.

2-ޑަމްޕްޓްރަކް4ޓަން(ISUZU|PRESTIGEBS-IV|MBUWEL4XAR0267186)ގެނީލަންފެށޭއަގަކީ106,278.78(ސަތޭކަހަހާސް ދުއިސައްތަހަތްދިހައަށްރުފިޔާހަތްދިހައަށްލާރި)އެވެ.

މި ނީލަމުގައި އެންމެ ކުޑަކޮށް އިތުރުކުރެވޭނެ އަދަދަކީ ފަހަރަކު މަދުވެގެން -/1000 (އެއް ހާސް) ރުފިޔާ އެވެ.

ވީމާ، ޑަމްޕް ޓްރަކް ގަންނަން ބޭނުންވާ ފަރާތްތަކުން "އަގު ހުށަހަޅާ ފޯމް" ފުރިހަމަ ކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މި އިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް 12 މެއި 2026 ވާ އަންގާރަ ދުވަހުގެ 08:00 އިން ފެށިގެން އަގު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ. ކޮންމެ ދުވަހަކުވެސް އަގު ހުށަހެޅޭނީ 08:00 ން 12:00 އަށެވެ. އެދުވަހަކު ހުށަހަޅާ އެންމެ މަތީ އަގު އެ ދުވަހެއްގެ 14:00 ގައި އިއުލާން ކުރެވޭނެއެވެ. މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މި އިދާރާގެ ނުހަނު ބޮޑު އެދުމަކަށްވާތީ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ. "އަގު ހުށަހަޅާ ފޯމް" މި އިދާރާގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.

މި ނީލަމުގައި ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަށް ނީލަން ކާމިޔާބުވީއެވެ. ނީލަން ނިމޭ ދުވަހުން ފެށިގެން 5 ދުވަސް ތެރޭގައި ފައިސާ ދެއްކުމަށްފަހު ނީލަމުން ނެގި ތަކެތި ނީލަން ކާމިޔާބުކުރި ފަރާތުން ގެންދަންވާނެއެވެ.

ޑަމްޕް ޓްރަކް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 10 މެއި 2026 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ސިޓީ ކައުންސިލް ގަރާޖަށް ދުރުވުމަށް ދަންނަވަމެވެ.

All Rights Reserved (c) 2026

kulhudhuffushi city council