"ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ރަޖިސްޓްރީކޮށްގެން ކުޅުދުއްފުށި ސިޓީގައި ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން 2026، ސެޕްޓެމްބަރު 30 އިން އޮކްޓޯބަރ 04 އަށް “ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު" ގެ ނަމުގައި ބާޒާރެއް ބޭއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުންވަނީ ނިންމާފައެވެ.
ބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީވާ ތަރުތީބުންނެވެ.
މި ބާޒާރުގެ ކަންކަން ރާވާ ހިންގުމުގައި އަމަލުކުރާނެގޮތުގެ އުޞޫލު މި އިޢުލާނާއިއެކު އާންމުކުރެވިފައިވާނެވެ.
ވީމާ، މި ބާޒާރުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ބޭފުޅުން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބާޒާރުގައި ރަޖިސްޓްރީވެލެއްވުން އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ތަފްޞީލު މަޢުލޫމާތު ޙިއްސާކުރުމަށް ޖުލައިމަހުގެ ފަހު ހަފްތާގެ ތެރޭގައި ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6527202 ނުވަތަ 6527201 އަށް ގުޅުއްވުން އެދެމެވެ.
ރެޖިސްޓްރޭޝަން ލިންކް: https://forms.gle/ri8BrEY87NqXpbCJ9
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.